ދިވެހިރާއްޖެ
މި އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މި އިދާރާއަށް 06 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބްރުއަރީ 2022 ވާ ބްރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
ބިޑް ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
28 ފެބްރުއަރީ 2022 |
ހޯމަ |
11:00 |
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 6820018 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބް ހުށަހަޅުއްވާފައިވާނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
20 ރަޖަބް 1443