ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2022/47
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 03 މާރިޗު 2022 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މާރކެޓިން ޑިޒައިނަރ

މަޤާމް :މާރކެޓިން ޑިޒައިނަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                          

މަޤާމް

މާރކެޓިން ޑިޒައިނަރ

އަސާސީ މުސާރަ

 -/6,950 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 5

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް އެންޑް މާރކެޓިންގ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކި މީޑިއަމްތަކަށް ބޭނުންވާ ލޭއައުޓް ޑިޒައިކުރުން
  • ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތަކަށް ބޭނުންވާ ވިޝުއަލް ކޮމްޕޯނަންޓްތައް (ރިކުއަރމަންޓާއި އެއްގޮތަށް) ޑިވެލޮޕްކޮށް ފަރުމާކުރުން.
  • ފޭސްބުކް، ޓުވިޓަރ ފަދަ އޮންލައިން އަދި ޑިޖިޓަލް މީޑިއަމްތަކަށް ކޮންޓެންޓް އުފައްދައި ފަރުމާކުރުމުގައި އެ މީޑިއަމްތަކުގެ ގައިޑްލައިންތަކާއި ފުށޫނާރާނޭހެން މަސައްކަތްކުރުން.
  • ކޮންޓެންޓް އުފެއްދުމާއި ފަރުމާކުރުމުގައި ސޭލްސް އާއި މާކެޓިންގައި ޢަމަލުކުރުމަށް އެކުލަވާލައިފައިވާ ސްޑޭންޑަރ އޮޕަރޭޓިންގ ޕްރޮސީޖަރ ތަކާއި އުސޫލުތަކަށް އަހުލުވެރިވެ، މަސައްކަތް ފުރިހަމަކުރުމުގައި އެތަކެއްޗަށް ރިއާޔަތްކުރުން.
  • އޮފީސް އިޝްތިހާރު ކުރުމަށާއި އެކިއެކި ޙަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް / އިޝްތިހާރުކުރުމަށް އުފައްދަންޖެހޭ އެންމެހައި ތަކެތި ފަރުމާކުރުމާއެކު އުފައްދައި ތައްޔާރުކުރުން.
  • ގްރެފިކް ޑިޒައިނިންގެ ތެރެއިން އޮފީހުގެ މަސައްކަތްތައް ހަލުވިކޮށް ދެވޭ ޚިދްމަތުގެ ފެންވަރު ހަރުދަނާކުރުމުގެ ލަފާދީ، ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވުން. 
  • އޮފީހުން ކުރިއަށްގެންދާ ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ އޯޑިއޯ އާއި ވީޑިއޯ ކްލިޕްތަކާޢި ޕްރެޒެންޓޭޝަންތަކާއި އޯޑިއޯ ރިޕޯޓުތަކާއި ވީޑިއޯ ރިޕޯޓްތައްފަދަ އެންމެހައިތަކެތި ތައްޔާރުކުރުމާއެކު އެތަކެތި އާންމުކުރަންޖެހޭ ހާލަތުތަކުގައި އާންމުކުރުން.
  • ކުންފުނިން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމާއެކު، އެތަކެތި ރައްކާކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި އެހީތެރިވުން.
  • ވީޑިއޯ އަދި އޯޑިއޯ އެޑިޓް ކުރުން.
  • ފޮޓޯގްރެފީ
  • 2ޑީ އަދި 3ޑީ އެނިމޭޝަން ތައް ތައްޔާރު ކުރުން.
  • ޑިޖިޓަލް ޕެއިންޓިންގ
  • އެކުގައި މަސައްކަތްކުރާ ޖޫނިއަރ މުވައްޒަފުންނަށް މަސައްކަތާއި ގުޅުން ހުރި ފަންނީ އިރުޝާދު ފޯރުކޮށްދީ، ޑިޒައިނިގ މަރުޙަލާގައި ތައްޔާރުކުރެވޭ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  • ކޮންޓެންޓް އުފެއްދުމާއި ފަރުމާކުރުމުގައި ބޭނުންކުރާ ފޮޓޯ، ވީޑިއޯ، ކްލިޕްއާރޓް ފަދަ އެލިމަންޓްތަކުގެ ކޮޕީރައިޓް ޙައްޤުތަކަށް އުނިކަން ނާންނާނޭފަދައިން ބޭނުންކުރުން.
  • ސޭލްސް އާއި މާކެޓިންގެ ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ހަވާލުވާ މަސައްކަތައް ކުރުން.
  • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒަފެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓް ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައްކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
  • މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03  މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                              19 ރަޖަބް 1443

20 ފެބުރުވަރީ 2022