މަޤާމް:
|
ސީނިއަރ އެޗްއާރް އޮފިސަރ (ވަގުތީ)
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ (MS-1)
|
ބޭނުންވާ އަދަދު:
|
01
|
މަގާމުގެ ގިންތި
|
ވަގުތީ
|
މަގާމުގެ މުއްދަތު
|
5 މަސް ދުވަސް
|
އަސާސީ މުސާރަ:
|
7,600.00 ރުފިޔާ
|
ލިވިންގ އެލަވަންސް
|
-/4000.00 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
- އޮފިސަރ ފެންވަރުގެ މަގާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.
|
ގުޅޭ ތައުލީމީ ދާއިރާތައް:
|
- ހިއުމަން ރިސޯސަސް
- އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މުސާރަ ތައްޔާރު ކުރުމާއި، މުސާރަ ދިނުމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- އަލަށް ވަޒީފާއަށް ވައްދާ މުވައްޒަފުންނާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކުރުން.
- މުވައްޒަފުންގެ ރިޓަޔަރމަންޓްއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ ނިޒާމްގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކޮމިޓީން ނިންމާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރުން
- މުވައްޒަފުންނަށް ހިންގާ ތަމްރީން ތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
- މުވައްޒަފުންގެ ޗުއްޓީއާ ސަލާމާ ގުޅޭ ރެކޯޑް ބެލެހެއްޓުމާއި، ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
- މަސައްކަތާ ގުޅޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
|
މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތައުލީމަށް (ކަނޑައަޅާފައިވާ އިން ސައްތައިގެ %45)
- ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އަޅާފައިވާ އިން ސައްތައިގެ %20)
- އިންޓަރވިއު/ޕްރެކްޓިކަލް (ޕްރެޒެންޓޭޝަން) (ކަނޑަ އެޅިފައިވާ އިންސައްތަ %35)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވ ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހަޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރެވޭނެއެވެ.)
- ތައުލީމީ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ ކޮޕީ
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، ރޭންކާއި، މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ.)
|
އެޕްލިޝަން ސުން ގަޑި:
|
- 27 ފެބްރުއަރީ 2022 ވާ (އާދީއްތަ) ދުވަހުގެ 13.00 ގެ ކުރިން
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.nic.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|