| 
 މަޤާމް: 
 | 
 ޑެޕިއުޓީ މެނޭޖަރ 
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޝަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖްރިބާ 
 | 
- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާގެ 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ މި ދާއިރާއިން މާރސްޓަރސް ފާހަކާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
- ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި މިދަންނަވާ ތަޖުރިބާއާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
 
   - ޕީއެޗްޕީ (ލަރަވެލް)، އެސްކިޔޫއެލް، ޕައިތަން އަދި ލިނަކްސް ސަރވަރ މެނޭޖްމަންޓް ގެ ތަޖުރިބާ ހުރުން. 
   - މޯބައިލް އެޕްލިކޭޝަން ޑެވެލޮޕްކުރުން، ވިޒުއަލައިޒޭޝަން ޓޫލްސް އަދި ޑޭޝްބޯޑް ޑިވެލޮޕްމަންޓާއި ޑޭޓާ ބޭސްގެ މަސައްކަތަށް އަހުުލުވެރިވެފައިވުން. 
  
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- ސްޓެޓިސްޓިކްސް ޑިވިޝަންގެ ތަފާސްހިސާބާ ގުޅޭ ޑޭޓާ ވެއަރހައުސް ޑިޒައިން ކުރުމާއި ޑެވެލޮޕްކުރުމާއި ޑޭޓާބޭސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
 
- ޑޭޓާބޭސްއާ ގުޅޭ ތަމްރީނު ދިނުމާއި ޑޭޓާބޭސް މޮނިޓަރކުރުމާއި އިތުރު ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުމާއި ޑޭޓާބޭސް މެނޭޖްމަންޓް ޓެސްޓްކުރުމުގެ މަސައްކަތްކުރުން.
 
- ޑޭޓާބޭސްގައިވާ މައުލޫމާތު އެމްއެމްއޭ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ލިބެން ހުންނާނެގޮތަށް ޑޭޓާބޭސް މެނޭޖްކޮށް ބެލެހެއްޓުން.
 
- ތަފާސްހިސާބްތަކާ ގުޅޭ އެމްއެމްއޭގެ މޯބައިލް އެޕްލިކޭޝަން 'ވިޔަ' އަދި ވެބް އެޕްލިކޭޝަން ގެ ބެކްއެންޑް މަސައްކަތް ކުރުން.
 
- ތަފާސްހިސާބްތަކާގުޅޭ ޑޭޝްބޯޑް ޑެވެޕޮލްކޮށް މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ފޯރުކޮށްދިނުން.
 
 
  
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 18,000.00 – 23,300.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓެންޓް ކައުންސެލް  
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ލީގަލް ސެކްޝަން / ގަވަރުނަރސް އޮފީސް 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖްރިބާ 
 | 
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން.
 
- ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާއްމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ.
 
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށްް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާ ތަރުޖަމާ ކުރުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓަންޓް މެނޭޖަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 03 (ތިނެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު 
 | 
- ފިންޓެކް ނުވަތަ ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިތިން ދާއިރާކުރެ ދާއިރާއަކާ ގުޅުން ހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
 
 
  
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- މޯލްޑިވްސް ޕޭމަންޓް ސިސްޓަމްސް ގާއިމް ކުރުކުރުމަށް ބޭނުންވާ ޔޫސަރ އެކްސެޕްޓަންސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރުން.
 
- ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓާއި ގުޅުން ހުރި އެކިއެކި ފަރާތްތަކާއި މުއާމަލާތްކޮށް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
 
- ޕޭމަންޓްސް ޕްރޮޖެކްޓް އާއި ގުޅޭގޮތުން ތައްޔާރުުކުރަންޖެހޭ އެކިއެކި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސިޖަރސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
 
- ރާއްޖޭގައި ބޭނުން ކުރަމުންދާ ޕޭމަންޓްސް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓެންޓް މެނޭޖަރ  
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ބޭންކިންގ ސްޕަރވިޝަން ސެކްޝަން / ބޭންކިންގ ސުޕަރވިޝަން ޑިވިޜަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ 
 | 
- ބޭންކިން، ފައިނޭންސް، އެކައުންޓިންގެ، ސްޓެޓިސްޓިކްސް ނުވަތަ އައިޓީގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- ބޭންކްތައް ސްޕަވައިޒްެ ކުރުމުގެ ގޮތުން ކުރަންޖެހޭ އޯފް-ސައިޓް ސަރވެލިއަންސް މަސައްކަތާއި އޮން-ސައިޓް ސުޕަރވިޝަންގެ އެންމެހާ މަސައްކަތްތައް.
 
- ބޭންކިންގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓެންޓް އެނަލިސްޓް   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު: 
 | 
- އެކައުންޓިންގ އެންޑް ފައިނޭންސް، ފޮރެންސިކް އެކައުންޓިން، ބިޒްނަސް، ސްޓެޓިސްޓިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- މަސައްކަތާ ގުޅޭ ދާއިރާގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓުތައް ކަލެކްޓްކޮށް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓަންޓް މެނޭޖަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 އިންޓަރނަލް އޮޑިޓް 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު 
 | 
- އޭސީސީއޭ  ނުވަތަ ސީޕީއޭގެ އެފިލިއޭޓް ލެވެލް ނުވަތަ ސީމާގެ ސްޓެރެޓެޖިކް ލެވެލް ފުރިހަމަކޮށްފައިވުން،  ނުވަތަ އިންޓަރނަލް އޮޑިޓްގެ ދާއިރާއިން ލެވެލް 7ގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ލިބިފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
 
- ވަޒީފާއަށް މީހަކު ހޮވުމުގައި އިންޓަރނަލް އޮޑިޓްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
 
  
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
 އެމްއެމްއޭގެ އެކައުންޓިން އަދި އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އިންޓަރނަލް އޮޑިޓް އެންގޭޖްމެންޓްތައް ހެދުމާއި މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުން ބޭނުންވާ ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން. 
  
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 އެސިސްޓެންޓް މެނޭޖަރ 
 | 
| 
 ސެކްޝަން: 
 | 
 ބެލެންސް އޮފް ޕޭމަންޓްސް ސެކްޟަން / ސްޓެޓިސްޓިކްސް ޑިވިޜަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ 
 | 
- އިކޮނޮމިކްސް، ސްޓެޓިސްޓިކްސް, ފައިނޭންސް، ނުވަތަ ގުޅޭ ދާއިރާއަކުން، ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
- ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި އިގްތިސާދީ އަދި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
 
 
  
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސް އެކުލަވާލުމަށް އެހީތެރިވުން.
 
- ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސްގެ ކަވަރޭޖް ރަގަޅުކުރުމުގެ ގޮތުން ސާރވޭތައް ރާވާ ހިންގުމާއި ރިޕޯޓް ލިޔުން. 
 
- ބައިނަލްއަގުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ އެކްސްޓަރނަލް ސެކްޓަރއާ ގުޅުންހުރި ތަފާސްހިސާބުތައް ތައްޔާރު ކުރުން.
 
- ބެލެންސް އޮފް ޕޭމަންޓްސް އެކުލަވާލުމަށް ބޭނުންވާ ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
 
- އެކްސްޓަރނަލް ސެކްޓަރއާ ގުޅުންހުރި ކަންކަން ހިނގަމުންދާގޮތް ދިރާސާކޮށް ބެލުން.   
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
- 16,000.00 – 20,800.00 ރުފިޔާ
 
 
 | 
| 
 މަޤާމް: 
 | 
 އެސިސްޓަންޓް މެނޭޖަރ   
 | 
| 
 ސެކްޝަން/ޑިވިޜަން: 
 | 
 ރިސްކް އެެންޑް ކޮމްޕްލައިންސް ޔުނިޓް 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖްރިބާ 
 | 
- ރިސްކް މެނޭޖްމަންޓް، ރިސްކް މެނޭޖްމަންޓް އެންޑް ކޮމްޕްލަޔަންސް، ބޭންކިންގ، ބޭންކިން އެންޑް ފައިނޭންސް، ކޮމާރސް، ބިޒްނަސް ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމްއެމްއޭގެ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ހަދާފައިވާ ފްރޭމްވޯކްތައް ހަރުދަނާކޮށް ދެމެހެއްޓުމަށާއި ރިސްކްތައް ކުޑަކުރުމަށް މޭނޭޖްމަންޓަށް ބޭނުންވާ ލަފާ ދިނުމާއި އެކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
 
- އެމްއެމްއޭގައި ގާއިމްކޮށްފައިވާ އޭއެމްއެލް/ސީއެފްޓީ ކޮންޕްލައިޔަންސް ޕޮލިސީގައިވާ ކަންކަން ތަންފީޒު ކުރުމަށް އޭއެމްއެލް/ސީއެފްޓީ ކޮންޕްލަޔަންސް އޮފިސަރަށް އެހީތެރިވެދިނުން.
 
 
  
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
 16,000.00 – 20,800.00 ރުފިޔާ 
 | 
| 
 މަޤާމް: 
 | 
 މެއިންޓެނަންސް އެސިސްޓެންޓް 
 | 
| 
 ސެކްޝަން: 
 | 
 ބިލްޑިންގ އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން/  ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ހުނަރު: 
 | 
- ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު ބިލްޑިންގ މެއިންޓަނަންސް ދާއިރާގެ އަމަލީ މަަަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
 
- ވަޒީފާ ހަމަޖެއްސުމުގައި ކަރަންޓާއި ފެންވައިރު ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އިމާރާތް މަރާމާތު ކުރުމުގެ ގޮތުން ކަރަންޓާއި ފެންވައިރިންގެ މައްސަލަތައް ހައްލު ކުރުމާއި ވަޑާމުގެ މަސައްކަތާއި ދަވާދާއި ކުލަލުމުގެ މަސައްކަތް ކުރުން.
 
- ވޯކްސްޓޭޝަންތައް ހެދުމާއި ޕާރޓިޝަންގެ މަސައްކަތް ކުރުން.
 
- އިމާރާތާއި ފަރނީޗަރ އަދި ފިޓިންގސްއަށް ދިމާވާ މައްސަލަތަކުގެ މައުލޫމާތު ސުޕަވައިޒަރާ ހިއްސާ ކުރުމާއި އެކަންކަން ހައްލު ކުރުމުގައި އެހީތެރިވެދިނުން.
 
- އިމާރާތާއި ފަރނީޗަރ އަދި ފިޓިންސް މަރާމާތު ކުރުމަށް ގެނެވޭ ކޮންޓްރެކްޓަރުންގެ މަސައްކަތް ބެލުމާއި މަސައްކަތުގެ ރެކޯޑް ބެލެެހެއްޓުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
- 9,000.00 – 13,250.00 ރުފިޔާ
 
 
  
 | 
| 
 މަޤާމް: 
 | 
 ސެކިއުރިޓީ އޮފިސަރ 
 | 
| 
 ސެކްޝަން: 
 | 
 ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 | 
| 
 ތަޢުލީމީ ފެންވަރާއި ޝަރުތު: 
  
 | 
- ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
 
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން.
 
- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން.
 
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
 
- ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް.
 
- އިމާރާތާއި އިމާރާތަށް ވަދެނުކުމެއުޅޭ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ކަނޑައެޅޭ ސެކިއުރިޓީ ޕޯސްޓްތަކުގައި ތިބުން.
 
 
 | 
| 
 މުސާރަޔާއި އިނާޔަތްތައް 
 | 
- 7,000.00 – 12,000.00 ރުފިޔާ
 
 
 | 
| 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
 
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
- ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
 
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
 
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
 
 
 | 
| 
 ސުންގަޑި 
 | 
 22 ފެބުރުވަރީ 2022 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް 
 |