މަސައްކަތް
ނަންބަރު: (IUL)113-PD/1/2022/14
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 07:54
ސުންގަޑި: 30 ޖަނަވަރީ 2022 15:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެންޓަޕްރައިޒް ރިސްކް އެސެސްމަންޓް ކޮންސަލްޓެންސީގެ ޙިދުމަތް ދޭނެފާރާތެއް ހޯދުމާއިބެހޭ

           މި ކުންފުންޏަށް އެންޓަޕްރައިޒް ރިސްކް އެސެސްމަންޓް ކޮންސަލްޓެންސީގެ ޙިދުމަތް ދޭނެފާރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/1/2022/10 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މަސައްކަތުގެ ތަފްސީލް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މި އިއުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލްކުރެވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިގޮތުން ސާފުކުރުމަށް ބޭނުންފުޅުވާ މައުލޫމާތުތަކަކީ މި ބިޑްއަށް ރަޖިސްޓަރވާ ހުރިހާ ފަރާތްތަކާއި ހިއްސާކުރެވޭނެ މައުލޫމާތެވެ.

  ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް ރަޖިސްޓަރ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ސަބްމިޝަން ފޯމް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 03 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. އަދި ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި ބިޑްތައް ހުޅުވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ޓީއޯއާރްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

        މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

  

26 ޖަނަވަރީ 2022