ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2022/22
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:11
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

 

  ހިތަދޫއަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C  ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓް

 

     ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުމުގެ ފުރުސަތު މިއިދާރާގެ ނަންބަރު (IUL) 426-AB/426/220/347 އިއުލާންއިންވަނީ ހުޅުވާލާފައެވެ. މި އިއުލާންއާއި ގުޅިގެން ފްލެޓަށް އެދި ފޯމްހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތުބެލުމުގެ ގޮތުން މިއިދާރާއިން އެފަރާތްތަކާއި ގުޅުމަށް މަސައްކަތްކޮށް ނުގުޅިފައިވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއެކުގައި ޢާންމުކުރީމެވެ. މި ލިސްޓް ސަރުކާރުގެ ގެޒެޓު އަދި މިއިދާރާގެ ވެބްސައިޓް www.adducity.gov.mv  ގައި ޝާއިޢުކުރެވިފައިވާނެއެވެ.

    ވީމާ، މިފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން  ތިރީގައި މިވާ އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން ދިރިއުޅުމުގެ ހާލަތުބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްދެއްވުންއެދެމެވެ. މިމުއްދަތުގެ ތެރޭގައި ހާލަތުބެލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނުގުޅުއްވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކުރުމުގައި ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އީމެއިލް އެޑްރެސް: [email protected]

14 ޖުމާދުލްއާހިރާ 1443

17 ޖަނަވަރީ 2022

17 ޖަނަވަރީ 2022