ނީލަން
ނަންބަރު: (IUL)240-CA/240/2022/02
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:59
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 200 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވިއްކާލުމާއިގުޅޭ

މިކައުންސިލްގެ ލާންޗު (ޑެކޯރާ) އިން ނަގާފައިވާ 200 ހޯސްޕަވާރގެ 1 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ-/100000ރ (އެއްލައްކަ ރުފިޔާ)އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭ އެންމެ ކުޑައަގަކީ-/5000ރ (ފަސް ހާސް ރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv  އިން ލިބެން ހުންނާނެއެވެ.

 

 ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

 

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.  ނީލަމުން ނަންގަވާ އިންޖީނު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޡިލް ކުރެވޭނެވެ.

 

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު

އިންޖީނުގެ ނަން: ޔަމަހާ

އިންޖީނުގެ ޢަދަދު 01

ހޯސްޕަވަރ: 200

ހަކަތައިގެ ބާވަތް : ޕެޓްރޯލް

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ

16 ޖަނަވަރީ 2022