ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ލެބޯޓްރީ ސާމްޕަލްތައް އައި.ޖީ.އެމް.އެޗަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)23-AP/23/2021/313 (02 ޑިސެމްބަރ 202) އިއުލާނާއެކު ދެވިފައިވާ މައުލޫމާތު ޝީޓްގައި ބައެއް ބަދަލުތައް ގެންނަން ޖެހުމާއި ގުޅިގެން، އެ އިއުލާން ބާތިލްކޮށް މައުލޫމާތު އިސްލާހު ކުރުމަށްފަހު އަލުން އިއުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 ޖަނަވަރީ 2021 ވާ ބުދަ ދުވަހުން ފެށިގެން 23 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 ޑިސެމްބަރ 2021 ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަނެވޭނެ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
09 ޖުމާދަލްއާހިރާ 1443