ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)486/1/2022/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 20 ޖަނަވަރީ 2022 14:00
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރންޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު

 

ތާރީޚް: 06 ޖަނަވަރީ 2022

ނަންބަރު: 486/1/2022/2(IUL)

އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އިންޓަރން

ބޭނުންވާ އަދަދު

04 (ހަތަރެއް)

މުއްދަތު:

06 (ހަޔެއް) މަސް ދުވަސް

މަސައްކަތްކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

މަސައްކަތުގެ ވަގުތު:

ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން
  • މީލާދީގޮތުން 18 އަހަރު ފުރި 55 އަހަރު ފުރިފައިވާ މީހަކަށް ނުވުން
  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ ޙާސިލްކޮށްފައިވުން.
  • ކުށުގެ ރެކޯޑް އޮތް މީހެއް ކަމުގައި ނުވުން

މަސައްކަތުގެ އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ)ގެ ރޭޓުން

މައިގަނޑު މަސައްކަތް:

  • އޮފީހުން ބަލާ މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ތަޙްޤީޤުތަކާގުޅޭ ލިޔުންތައް ލިޔެ އެކި ފަރާތްތަކަށް ފޮނުވުމާއި، ތަޙުޤީޤަށް ހާޟިރުވާ ފަރާތްތަކުގެ ބަޔާންތައް ލިޔުމާއި އެކަމާގުޅުންހުރި މަސައްކަތްކުރުން.
  • އޮފީހުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
  • އޮފީހުން ތަޙްޤީޤްކުރާ މައްސަލަތަކުގެ އިދާރީ މަސައްކަތްކުރުން.
  • އޮފީހުގެ އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

 

އިންޓަރންޝިޕްއަށް އެދި ހުށަހެޅުން

މިއޮފީހުގެ އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

 

  1. އިންޓަރންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

 

އެހެނިހެން:

  1. މިޢިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
  2. މިއޮފީހުން އެދޭ ފެންވަރަށް މިއިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
  3. މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
  4. އިންޓަރނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢްލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected]  އިމެއިލަށް ލިޔުއްވުން އެދެމެވެ.

 

                                   3 ޖުމާދުލްޢާޚިރާ 1443

06 ޖަނަވަރީ 2022