ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2022/9
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 15 ޖަނަވަރީ 2022 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ތަމްރީނުތައް ބޭއްވުމާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީންތަކެއް 2022 ޖަނަވަރީ 10 އިން 14 އަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަދި މި ތަންތަނާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ޖަނަވަރީ 2022