ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2021 | 149
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 03 ޖަނަވަރީ 2022 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު

 ލޯންޑްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު

 08 ( އަށެއް )

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން /ސެކްޝަން

އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/1200 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އިތުރު އިނާޔަތްތައް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-  ހޮސްޕިޓަލުގައި އަދި ހޮސްޕިޓަލުން ހިންގާ ފެސިލިޓީތަކުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.

2- ވޯރޑްތަކުން އަދި ފެސިލިޓީ ތަކުން ގެންނަތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ ޢަދަދަށް ހުރިތޯބެލުމާއި އެޢަދަދަށް ތަކެތިހުރިނަމަ އެތަކެތި ބަލައިގަނެ އެތަކެތި ގެނައި ގަޑއާއި ތާރީޚް އަދި ބަލައިގަތްފަރާތުގެ ނަންޖެހުން. އިތުރުމައްސަލައެއް ފާހަގަ ކުރެވޭނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން.

3- ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން

4- ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.

5- އެއްވެސް މެޝެނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.

6- ދޮވެނިމިގެން ގެންނަތަކެތި ހިއްކާމެޝިންތަކަށް އެމެޝިނަކަށް އެޅުމަށް ކަނޑައެޅިފައިވާ މިންވަރަށް ޑިއުޓީ ސްޕަރވައިޒަރުގެ އިރުޝާދުގެ މަތިން ތަކެތި އަޅައިގެން ހިއްކުން. މެޝިނަށް ތަކެތި އަޅަމުންދާއިރު ލަށް ނުފިލާހުންނަތަކެތި ފާހަގަކޮށް އެތަކެތި ނެގުން.ހިއްކާ މެޝިނުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑިއުޓީ ސްޕަރވައިޒަރަށް އެކަން އެންގުން.

7- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތު

  1. ލިޔަންކިޔަން އެގުން ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  5. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 3 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

26 ޑިސެންބަރު 2021