| 
 މަޤާމް 
 | 
 ޕްރޮޖެކްޓް މެނޭޖަރ    
 | 
 ބޭނުންވާ ޢަދަދު 
 | 
 1 
 | 
| 
 މުސާރަ 
 | 
 މަޝްވަރާކުރުމަށްފަހު، ދެފަރާތުން އެއްބަސްވެވޭ މުސާރާއެއް 
 | 
| 
 އެލަވަންސް 
 | 
 އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް 
 | 
| 
 އޮފީސް 
 | 
 ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް 
 | 
| 
 ޑިޕާރޓްމަންޓް 
 | 
 ޕްރޮޖެކްޓް ޑިޕާރޓްމަންޓް    
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން 
 | 
 މެނޭޖަރ   
 | 
| 
 މަޤާމުގެ ޝަރުތުތައް 
 | 
- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓް ގެ ދާއިރާއިން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
 
- އޮޓޯކެޑް ފަރިތަކަމާއި އެކު ބޭނުންކުރަން އެނގުން
 
- ޑިޒައިން ކުރުމާއި ރެންޑަރިންގ ގެ މަސައްކަތްތައް ކުރަން އެގުން
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- އަލަށް ޢިމާރާތްކުރާ ދަނޑުތަކާއި ގުޅުންހުރި ތަންތަން ފަރުމާކޮށް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތާއި ގުޅޭ އެންމެހާ ކަންކަން ކުރުން.
 
- މާލެއާއި ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތައް މޮނީޓަރ ކުރުމަށާއި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް މެނޭޖްކޮށް ބެލެހެއްޓުން.
 
- ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންގެ މީޓިންތައް ރާވައި ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
 
- ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅުންހުރި ފަރާތްތަކަށް ހުށަހެޅުން.
 
- މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ސައިޓްތަކަށް ދިއުން.
 
- ލިބޭ ސިޓީ މެސެޖްފަދަ ތަކެއްޗަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަނާއި ޙަވާލުވެގެން ހުންނަވާ އިސްވެރިޔާގެ މަޝްވަރާއާއެކު ލަފާގެ މަތީން ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
 
- ޔުނިޓުގެ މަސައްކަތްތައް ސެކްޝަން ހިންގެވުމާ ހަވަލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ކުރިއަށް ގެންދިއުމާއި އެމަސައްކަތްތައް ބެލެހެއްޓުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- ޕޮލިސް ރިޕޯރޓް.
 
 
 | 
| 
 ނޯޓް 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ފޯނުން ގުޅާނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 09:00 އިން 16:00 އަށެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚް 
 | 
 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected] 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،9500112 ނަންބަރު ފޯނާއެވެ. 
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ. 
 |