ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2021/263
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 27 ޑިސެންބަރު 2002 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އިމާމުކަމުގެ މަގާމަށް މުވައްޒަފަކު ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން އިމާމުކަމުގެ މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަގާމު

އިމާމު/ މުދިމު

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 7,000.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،/ އެމް.އެން.ޑީ.އެފް ކްއޯޓާރ މާސްޓަރ ސަރވިސް

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

އިމާމުކޯސް ލެވެލް 3 އަދި ޤާރީ ކޯސް ލެވެލް 3 ފުރިހަމަކޮށްފައިވުމާއެކު، އިމާމުކަމުގެ ވަޒީފާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް

  • ވަގުތަށް ފަރުވާތެރި ގަޑިއަށް ބަންގިގޮވޭނެ މީހަކު ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން

އެމް.އެން.ޑީ.އެފް ބަންޑާރަކޮށި

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1. ކޮންމެ ނަމާދުވަގުތެއްގެކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކޮށް، ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުން.

3. އެމް.އެން.ޑީ.އެފް އިން އެއިރަކު ހަމަޖައްސަވާ މިސްކިތެއް، ފޮޅާ ސާފުކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2021 ޑިސެންބަރު 27 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި ވަޒީފާއަށްއެދި ހުށަހަޅާތަކެތި އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

15 ޖުމަދަލްއޫލާ 1443

19 ޑިސެންބަރު 2021