ދިވެހިރާއްޖެ
ކައުންސިލްގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ތިރީގައި ދަންނަވާފައިވާ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ދެއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
|
# |
ވަރުވާއަށް ދޫކުރާ ރުއްގަހުގެ ނަން |
ހުށަހެޅޭނެ އެންމެ ކުޑައަގު ( އަހަރަކަށް ) |
|
1 |
މޮޅަދޫ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ މާކަށިކެޔޮ ގަސްތައް |
1500.000 ރުފިޔާ |
|
2 |
މޮޅަދޫ އަމީނީމަގު އުތުރުކޮޅު ދެފަރާތު ރުއްގަނޑު |
5000.00 ރުފިޔާ |
|
3 |
މޮޅަދޫ ފާލަންމަގު ދެފަރާތު ރުއްގަނޑު |
1000.00 ރުފިޔާ |
|
4 |
މޮޅަދޫ ތައްނުޖަހާ ކުޑަރުއްގަނޑު |
300.00 ރުފިޔާ |
|
5 |
މޮޅަދޫ ޒިޔާރަތު ރުއްގަނޑު |
400.00 ރުފިޔާ |
|
6 |
މޮޅަދޫ ރައްޔިތުންގެ ތައްޖެހި ބޮޑު ރުއްގަނޑު / މޮޅަދޫ ތައްކަށި |
250.00 ރުފިޔާ |
|
7 |
މޮޅަދޫ އަމީނީމަގު އުތުރު އިރުމަތީފަރާތު ވަލުތެރެ ރުއްގަނޑު |
2000.00 ރުފިޔާ |
ދަންނަވާފައިވާ ރުއްގަނޑުތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ރުއްގަނޑު ކުއްޔަށް ނެގުމަށް ބޭނުންވާ އަގު އެނގޭގޮތަށް ލިޔެ، ބަންދުކޮށްފައިވާ ސިޓީއާއެކު 2021 ޑިސެންބަރު 27 ވާ ހޯމަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.
ސިޓީތައް ކެނޑުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ހިފުމަށް އެދޭ ފަރާތް ތަކުގެ ހާޒިރުގައެވެ.
ރުއްގަނޑުތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތަށް، ދަންނަވާފައިވާ ގަޑިޔަށް ހާޒިރުވުމަށް އުޒުރުވެރި ވާނަމަ ބަދަލުގައި އެހެންމީހަކު ފޮނުވިދާނެއެވެ. މިގޮތަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ ބަދަލުގައި ފޮނުވާ މީހެއްކަން ބަޔާންކޮށް ލިޔެފައިވާ ސިޓީއަކާއި އެކު ފޮނުއްވުން އެދެމެވެ.
ގަޑިއަށް ހާޟިރު ނުވާފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ރުއްގަޑުތައް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް އެއްބަސް ވުމެއްގެ ދަށުން ރުއްގަނޑުތައް ކުއްޔަށް ދޫކުރެވޭނޭ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.