ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2021/286 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM-TVM Pro/2021/158 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުންނިން ކުރިޔަށްގެންދާ ޕްރޮގްރާމެއްގައި ބޭނުންކުރާ ވެހިކަލް (މޮޑެލް ނަމްބަރު:BAJ6-RAD) ކާރުގައި ސްޓިކަރ ރެޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL PSM-FP/PSM/2021/264 އިޢުލާނަށް އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް ދެވަނަފަހަރަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކާރުގައި ސްޓިކަރ ހަރުކުރުމަށް(ރެޕްކުރުމަށް) ބޭނުންވާ މަޢުލޫމާތު:
- ކާރުގައި ސްޓިކަރ ހަރުކުރާ ތަންތަނުގެ މިންނަގައިދިނުމާއި ޑިޒައިން ތައްޔާރުކޮށްދިނުމަށް ބޭނުންވާ ޓެމްޕްލޭޓް ތައްޔާރުކޮށްދިނުން
- ކާރުގައި ހަރުކުރުމަށް ބޭނުންވާ ސްޓިކަރ ޕްރިންޓްކޮށް ހަރުކޮށްދިނުން (ރެޕްކޮށްދިނުން)
- ޕްރޮގްރާމްގެ މަސައްކަތް ނިމުމުން ކާރުގައި ހަރުކޮށްފައިވާ ސްޓިކާރތައް ނައްޓައިދިނުން
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލްއަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ.
ކޯޓޭޝަން މެއިލް ކުރާނީ: [email protected]
ކާރު ބަލާލަން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދު ޓީވީ މޯލްޑިވްސް އަށް ވަޑައިގަތުމުން އެކަން ހަމަޖެހިގެންދާނެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް: އަލީ އަބްދުﷲ 9990961
11 ޖުމާދަލްޢޫލާ 1443
15 ޑިސެމްބަރ 2021