ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/1/2014/28
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 16:05
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ވާރކްޕާމިޓްގެ މުއްދަތު ހަމަވެގެން ފުރަންބޭނުންވާ ފަރާތްތަކަށް ރަބަރ ސްޓޭމްޕް ޖަހައިދިނުން

އެކްސްޕެޓް އޮންލައިން ސިސްޓަމުން ދިމާވާ އެކިއެކި މައްސަލަތަކާ ގުޅިގެން ވާރކްޕާމިޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ފުރުވާލުމަށްޓަކައި، މިޑިޕާޓްމަންޓުން ކުރިން ޖަހަމުންދިޔަ ރަބަރ ސްޓޭމްޕް ޖެހުމަށް ހަމަޖެހިފައިވަނީ 30 އޮކްޓޫބަރު 2014 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ފަހުން ވާރކްޕާމިޓްގެ މުއްދަތު ހަމަވެގެން ފުރަންބޭނުންވާ ފަރާތްތަކަށް ރަބަރ ސްޓޭމްޕް ޖަހައިދެވެން ނެތް ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ ދުވަހުން ފެށިގެން ވާރކްޕާމިޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ފުރަން ބޭނުންވާނަމަ، އެފަރާތްތަކަށް ރާއްޖެއިން ފުރޭނީ އޮންލައިންކޮށް ވާރކްޕާމިޓް އައުކޮށް އަދި ޕާސްޕޯރޓްގައި ވަރކްވިސާ ޖަހައިގެން ކަމުގައި ދެންނެވީމެވެ. އަދި މިފަދަ ފަރާތްތައް އިމިގްރޭޝަން ޤާނޫނު 2007 /1 ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ރަމަޟާން 1435     

20 ޖުލައި 2014