ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2021/283
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 27 ޑިސެންބަރު 2021 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޖާރނަލިސްޓް (ސްޕޯރޓްސް)

މަޤާމް :އެސިސްޓެންޓް ޖާރނަލިސްޓް (ސްޕޯރޓްސް)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                 

މަޤާމް

އެސިސްޓެންޓް ޖާރނަލިސްޓް (ސްޕޯރޓްސް)

އަސާސީ މުސާރަ

-/5,000 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 9

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ  މަތީސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން
  • ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން
  • ނިވްސްވާރދީ އިންވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިވްސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސްލުން
  • ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)
  • ނިއުސް އިވެންޓްތައް ކަވަރ ކުރަން މާލެއާއި، މާލެއިން ބޭރުގައި ޙަރަކާތްތެރިވުން 
  • ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް އުފައްދާ ހުށަހަޅާދިނުން ނުވަތަ އެހީތެރިވެދިނުން
  • ރޭޑިއޯ/ޓީވީ އިން ޚަބަރާއި ޕްރޮގްރާމް ޕްރެޒެންޓްކުރުން
  • ރޭޑިއޯ/ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރުން ނުވަތަ އެހީތެރިވެދިނުން
  • އޮޓޯކިއުކޮން ސޯލް އޮޕަރޭޓްކުރުމާއި، އޮންއެއަރ އޮޕަރޭޓްކުރުމާއި ސްޓޫޑިއޯގައި ހަރަކާތްތެރިވުން ނުވަތަ އެހީތެރިވެދިނުން
  • ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތްކުރުން
  • މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން
  • ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި ހިނގާފައި ނުވަތަ ހިނގަމުންދާ މުހިންމު ކުޅިވަރު ކަންތައްތަކުގެ މައުލޫމާތު ލިބިފައިހުރުން
  • ރާއްޖެއިން ބޭރުގައި ހިނގާފައި ނުވަތަ ހިނގަމުންދާ މުހިންމު ކުޅިވަރު ކަންތައްތަކުގެ މައުލޫމާތު ލިބިފައިހުރުން
  • ރާއްޖެއިން ބޭރުގައި ހިނގާފައި ނުވަތަ ހިނގަމުންދާ މުހިންމު ކުޅިވަރު ކަންތައްތަކުގެ މަޢުލޫމާތު ލިބިފައިހުރުން

އިތުރު އެލަވަންސްތައް

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 27 ޑިސެންބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368،3000364،3000207 އާއި ގުޅުއްވުން އެދެމެވެ.

                        09 ޖުމާދަލްޢޫލާ 1443  

13 ޑިސެންބަރު 2021