ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-SS/PRIV/2014/3
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 14:42
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިންގެ މަޢުލޫމާތު ހުށަހެޅުއްވުމާބެހޭ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާބެހޭ ގަވާއިދު (ނަންބަރު: 19-އާރ/2011) ގެ ދަށުން ފަތުރުވެރިން ބޭތިއްބުމަށް މިމިނިސްޓްރީގައި ރަޖިސްޓަރީކުރެވިފައިވާ އެއްމެހާ ސަފާރީ އުޅަނދުތަކާއި ގެސްޓުހައުސް ތަކުން ކޮންމެ މަހަކު އެތަނެއްގައި ތިބި ފަތުރުވެރިންގެ މަޢުލޫމާތު ޖެހިގެން އަންނަމަހުގެ 7 ވަނަދުވަހުގެ ކުރިން މިމިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އަދި އެތަނެއްގައި ފަތުރުވެރިން ނެތްނަމަ އެކަންވެސް އެމުއްދަތުގެ ތެރޭގައި މިމިނިސްޓްރީއަށް އަންގަންޖެހެއެވެ. ނަމަވެސް، މިގަވާއިދާ އެއްގޮތަށް ބައެއްފަރާތްތަކުން އެމަޢުލޫމާތު މިމިނިސްޓްރީއަށް ހުށަހަޅަމުން ނުދާކަން ފާހަގަ ކުރަމެވެ.

ވީމާ، މިގަވާއިދާ އެއްގޮތަށް ފަތުރުވެރިންގެ މަޢުލޫމާތު މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ސަފާރީ އުޅަނދުތަކާއި ގެސްޓުހައުސް ހިންގާ ހުރިހާ ފަރާތްތަކަށް އަންގައި، މިއަދުންފެށިގެން މިގަވާއިދާ އެއްގޮތަށް މަޢުލޫމާތު މިމިނިސްޓްރީއަށް ހުށަހަޅަމުން ނުދާ ފަރާތްތަކާމެދު، ގަވާއިދުގައި ވާގޮތުގެ މަތީން، ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އަދި މިގަވާއިދުގައި ވާ މަޢުލޫމާތާ ގުޅުންހުރި އެއްވެސް ހުއްދައެއް މިމިނިސްޓްރީއިން ދޫކުރެވޭނީ ގަވާއިދާ އެއްގޮތަށް މަޢުލޫމާތު ހުށަހަޅާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.   

24 ރަމަޟާން 1435

22 ޖުލައި 2014