| 
 މަޤާމް 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ   
 | 
 ބޭނުންވާ ޢަދަދު 
 | 
 1 
 | 
| 
 މުސާރަ 
 | 
 6500.00 ރުފިޔާ 
 | 
| 
 އެލަވަންސް 
 | 
 އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް 
 | 
| 
 އޮފީސް 
 | 
 ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް 
 | 
| 
 ޑިޕާރޓްމަންޓް 
 | 
 ރެފްރީސް ޑިޕާރޓްމަންޓް   
 | 
| 
 މަޤާމުގެ ޝަރުތުތައް 
 | 
- އެޑްމިނިސްޓްރޭޝަން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 4 ސަނަދެއް އޮތުން ނުވަތަ،
 
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 
 
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.
 
- އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
 
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
 
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- އެފް އޭ އެމްއިން ރާވާ ހިންގާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި މެޗް އޮފިޝަލުންނަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ޑިޕާރޓްމަންޓާއި މަޝްވަރާކޮށްގެން ވީއެންމެ އަވަހަށް ހޯދުން
 
- އެފް އޭ އެމް ރާވާ ހިންގާ އެކިއެކި ފުޓްބޯޅަ މުބާރާތް ތަކުގައި މެޗް އޮފިޝަލުންގެ ޝެޑިއުލް ތައްޔާރުކޮށް ފޮލޯއަޕް ހެދުން
 
- ރާއްޖޭންބޭރުން އަންނަ މެޗް އޮފިޝަލުން ނަން ބޭނުންވާ ލޮޖިސްޓިކް ހުރިހާ ކަމެއް ހަމަޖެއްސުން
 
- ރެފްރީސް ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކިއެކި ކޯސްތަކަށް ހިންގުމަށް އެހީތެރިވުން.
 
- ފީފާ އަދި އޭ އެފް ސީ އިން ފޮނުވާ މެއިލްތަކަށް އެއިރެއްގައި ޑިޕާރޓްމަންޓް ގެ ވެރިއެއްގެ ލާފާމަތިން ޖާވާބް ފޮނުވުން.
 
- ލިބޭ ހުރިހާ ސިޓީތަށް ތަރުތީބުން ފައިލް ކުރުން. އަދި އެސިޓީ ތަކަށް ޖަވާބް ދިނުން (ދިވެހި ބަހުން އަދި އިނގިރޭސު ބަހުން)
 
- ރެފްރީސް ޑިޕާރޓްމަންޓް އަށް ބޭނުންވާ ތަކެތި ހޯދުން
 
- ރެފްރީސް އޮންލައިން އެޕޮއިންޓްމަންޓް ސިސްޓަމް އަޕްޑޭޓުކޮށް ބެލެހެއްޓުން
 
- ރެފްރީންގެ ކްލެއިމް ފޯރމްތައް ތައްޔާރުކޮށް ފައިނޭންސަށް ހުށަހެޅުން
 
- ޑިޕާޓްމަންޓްގެ ރިކޯޑްތައް ތައްޔާރުކޮށް، ރިކޯޑްތައް އެންމެ ފުރިހަމަކަމާއި އެކު އަޕްޑޭޓް ކޮށް ބެލެހެއްޓުން.
 
- އެކި އެކި އޮފީސް ތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމާއި އެސިޓީތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
 
- ރެފްރީސް ޑިޕާރޓްމަންޓުން ހިންގާ ޖަލްސާތަކަށް ނުވަތަ ހަރަކާތްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން
 
- ރެފްރީސް ޓްރޭނިންގ ޕްރޮގްރާމްތަކުގެ ހާޒިރީ ބެލެހެއްޓުން
 
- މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
 
- ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
 
- އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
 
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- ޕޮލިސް ރިޕޯރޓް.
 
 
 | 
| 
 ނޯޓް 
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ފޯނުން ގުޅާނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 09:00 އިން 16:00 އަށެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚް 
 | 
 16 ޑިސެމްބަރ 2021 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected] 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500112 ނަންބަރު ފޯނާއެވެ. 
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ. 
 |