މަސައްކަތް
ނަންބަރު: (IUL)258/2021/92
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 13 ޑިސެންބަރު 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ޔޫތު ސެންޓަރު މަރާމާތު ކުރުން.

ހަނިމާދޫ ޔޫތު ސެންޓަރު މަރާމާތު ކުރުން.

            ހަނިމާދޫ ޔޫތު ސެންޓަރުގައި ކުރަންހުރި މިދަންނަވާ މަރާމާތުތައް މިކައުންސިލްދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ޖިމް ރޫމުގެ ތަޅުން އެޅުން.
  2. ޖިމް ރޫމް ފެންޑާ ތަޅުމުން ހަލާކުވެފައިވާ ބައި ތަޅުން އެޅުން.
  3. ގުދަނާއި އޮފީސް އަދި ބިލިޔާޑު ރޫމާއި ގުޅޭ ގޯޅީގައި ދަގަނޑު ގޭޓެއް ހަދާ ހަރުކުރުން.

           މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2021  ޑިސެމްބަރ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2021 ޑިސެމްބަރ 22 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

02 ޑިސެންބަރު 2021