ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH/IUL/2021/133
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 05 ޑިސެންބަރު 2021 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު  HMH | IUL | 2021 | 133 

ވަޒީފާގެ ފުރުޞަތު 

 މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު

 01 ( އެކެއް)

 މަޤާމް ގެ ގިންތި

 ދާއިމީ

 މަޤާމުގެ ރޭންކް

 އެމް. އެސް 1

 މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 ޑިވިޝަން / ސެކްޝަން

 ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރ

 ވަޒީފާ އަދާކުރަންޖެހޭ ތަން

 ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް

 މުސާރަ:

 މަހަކު -/5610 ރުފިޔާ

 ސަރވިސް އެލެވަންސް:

 މަހަކު -/2000 ރުފިޔާ

 ސަޕޯރޓިންގ ކޯ އެލަވަންސް:

 -/700 ރުފިޔާ

 ރިސްކް އެލަވަންސް:

 -/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

 ޝިފްޓް ޑިއުޓީ އެލަވަންސް:

 މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު   00:00 ށް 25.00 ރުފިޔާ

 އިތުރު އިނާޔަތްތައް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް

  1. ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރއަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަމީހުނަށް އޯގާތެރިކަމާއި ހިނިތުންވުމާއިއެކު މުޢާމަލާތުކުރުމާއި ( އެމީހަކު އައި ބޭނުމަކާ ގުޅޭގޮތުން) މަގުދައްކައިދީ އެހީތެރިވުން.
  2. ކިޔޫއިން ސިސްޓަމާއި ފޯނު ސިސްޓަމްގައި މައްސަލައެއް ޖެހިފައިވާނަމަ އަންގަންވާފަރާތްތަކައް އަންގައި ހައްލުކުރުން .
  3. ފަރުވާ ހޯދުމަށް އައިސްތިބޭ ބަލިމީހުންނަށް އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ އަންގަންވާފަރާތްތަކައް އަންގައި  އެކަމެއްހައްލުކުރުން.
  4. ކޮންސޯލާއި ކައުންޓަރަށް އަންނަ ފޯންކޯލް ތަކަށް ޖަވާބުދީ، ޕާސްކުރަންޖެހޭ ކޯލްތައް ޕާސްކުރުން އަދި މައުލޫމާތު ސާފުކޮށްދިނުން.
  5. ސެންޓަރަށް ފަރުވާ ހޯދުމަށް އަންނަ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަދައިދިނުން .
  6. ސެންޓަރަށް އަންނަ ބަލިމީހުން ބޭނުންވާ ޚިދުމަތްތަކުގެ އަގު ނަގައި ކްރެޑިޓް ކުރަންޖެހޭ މެމޯތައް ކްރެޑިޓްއެކައުންޓް ތަކަށްލުން .
  7. ސެންޓަރ މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކޮށް އެކަންތައް މެނޭޖްކޮށް ބެލެހެއްޓުން.
  8. ކްލިނިކަލް އެސިސްޓެންޓުން ބަލަހައްޓާ އޯޕީޑީތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޓޯރަށް ފޮނުވަންޖެހޭ އިންޑެންޓް ފޯމް ތައްޔާރު ކުރުމާއި ސްޓޯރުން ތަކެތި ނަގާދުވަހު އިންޑެންޓް ފޯމް ސްޓޯރަށް ފޮނުވުން.
  9. އިންޑެންޓް ފޯމްއަށް ތަކެތި ހަމަކޮށް ސްޓޯރުން ގުޅުމުން ސްޓޮކްއަށް ގޮސް ތަކެއްޗާ ހަވާލުވުން އަދި ތަކެތި ގެނެސް ސްޓޮކްގައި ތަރުތީބުކޮށް ބަހައްޓައި ސްޓޮކް ބެލެހެއްޓުން.
  10. މެޑިކަލް ރެކޯޑްސްއަށް ބޭނުންވާ ލިޔެކިޔުންތަށް ފުރިހަމަ ވެފައި ވޭތޯޗެކްކުރުން އަދި ދުވަހުން ދުވަހަށް ލިޔެކިޔުންތަށް ފޮނުވުން.
  11. ޗައިލްޑް ޑިވެޕޮމަންޓް ސެންޓަރގެ އެއްޗެއްހަލާކުވެ މައްސަލައެއްދިމާވެއްޖެނަމަ ވޯކްއޯޑާރ ފޮނުވައި އެކަމެއްހައްލުކުރުން.
  12. އަލަށް ވަޒީފާޔަށް ވަންނަ މުވައްޒަފުން ސްޕަވައިޒްކޮށް އެމުވައްޒަފުންގެ ޕްރޮބޭޝަން ފޯމް ފުރިހަމަ ކުރުމަށް މެނޭޖަރއަށް އެހީތެރިވުން.
  13. ތަކެތި ހަލާކުވެގެން ހޯދުމަށް ބަޔޯމެޑިކަލް އަށް ފޮނުވުމަށް ފުރާފޯމު ފުރިހަމަ ކުރުމަށްފަހު  ބަޔޯމެޑިކަލް އަށް ފޮނުވުން.
  14. ޗައިލް ޑިވެލޮޕްމަންޓް ސެންޓަރގެ ޑިޔުޓީތައް ހެދުމާއި ރޯސްޓާ ސޮފްޓްވެއަރއަށް އެޅުމާއި ޗެކްކުރުން.
  15. ސެންޓަރގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެޕްރައިޒަލްފޯމު ފުރިހަމަކުރުމަށް މެނޭޖަރއަށް އެހީތެރިވެދިނުން.
  16. އެކިއެކި ކަންކަމާއި ގުޅިގެން ސެންޓަރގެ މުވައްޒަފުނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  17. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

 މަޤާމުގެ ޝަރުތު

 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  11. ޕޮލިސް ރިޕޯޓް

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޑިސެމްބަރ 05 ވާ އާދިއްތަ   ދުވަހުގެ  14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ   ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ  [email protected]   އަށެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް   ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،   ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް   ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މަޢުލޫމާތު ސާފުކުރުން

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118   ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

28 ނޮވެންބަރ 2021

28 ނޮވެންބަރު 2021