ދިވެހިރާއްޖެ
އިޢުލާނު
|
މަޤާމް |
ޕްރިންޓަރ |
|
|
މަޤާމުގެ ނަންބަރ |
343581 J- |
|
|
ބޭނުންވާ ޢަދަދު |
1 |
|
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
|
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
|
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަޑިފުށީ ސްކޫލް، ތ މަޑިފުށި |
|
|
މުސާރަ: |
-/4465 ރުފިޔާ |
|
|
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ |
|
|
ސަޕޯޓިންގ ކޯ އެލަވަންސް |
-/700 ރުފިޔާ |
|
|
އެހެނިހެން އެލަވަންސް: |
||
|
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
|
|
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ވާރކްޝީޓާއި ޓެސްޓް ޕޭޕަރ ފަދަ ޕްރިންޓްކުރަންޖެހޭ އެންމެހާ ތަކެތި ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުޞޫލެއްގެ މަތިން ދުވަހުން ދުވަހަށް ޕްރިންޓް ކުރުމާއި އެކު އެތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން. 2. ޗާޕްކުރެވޭ ތަކެއްޗަކީ އެތަކެތި ފެންނަން ނުވަތަ އެގެން ނުޖެހޭ އެއްވެސް މީހަކަށް އެނގިގެން ނުވާ ތަކެއްޗަށް ވާތީ ޗާޕްކުރެވޭ ކޮންމެ ލިޔުމެއްގެ ސިއްރު ހިފެހެއްޓުމާއި ސްކޫލްގެ އެހެނިހެން ސިއްރުތައް ހިފެހެއްޓުން. 3. ޕްރިންޓްކުރަންޖެހޭ އެންމެހާ ތަކެތި ދީފައިވާ އިރުޝާދާ އެއްގޮތަށް ކަފައި ދިނުމާއި، ހީރަސް ޖަހައިދިނުމާއި، ބަންޑަލް ކުރުމާއި، ލެމިނޭޓް ކުރުމާއި އަދި ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކުރުން. 4. އެކިއެކި ރަސްމިއްޔާތުތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތުކާޑާއި، ބެނާ، ލީފްލެޓްފަދަތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން. 5. ދަރިވަރުންނަށް ދިނުމަށް ޗާޕްކުރެވޭ ކޮންމެ އެއްޗަކީ ޒިންމާދާރު ފަރާތަކުން ޗެކްކޮށް ފައިވާ ލިޔުމެއްކަން ކަށަވަރުކުރުން. 6. ޗާޕްކުރުމަށް ބޭނުންކުރާ ސާމާނުގެ އިސްރާފް ކުޑަކުރުމާއި، ޗާޕްކުރުމަށް ބޭނުންކުރާ ކަރުދާހާއި، ދެލި ފަދަ އެންމެހާ ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ބަޖެޓް ސެކްޝަނަށް ހުށަހެޅުން އަދި ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން 7. ޕްރިންޓް ކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްސްތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި ޕްރިންޓް ކުރުމަށް ބޭނުންކުރާ މެޝިނަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އަމިއްލައަށް މަރާތުކުރެވޭ ފަދަ ތަކެތި މަރާމާތު ކުރުން ނުވަތަ މައްސަލައެއް މެދުވެރި ވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭ ވެރިއަކަށް ދިނުމާއިއެކު އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން މަސައްކަތް ކުރުން. 8. މަސައްކަތު މީހުންގެ އެހީތެރިކަމާއިއެކު ޕްރިންޓިންގ ރޫމް/އޭރިޔާ ސާފުކުރުމާއި، ނައްތާލަންޖެހޭ ކަރުދާސް، ސްޓެންސިލް ފަދަ ތަކެތި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް، ރައްކާތެރިކަމާއިއެކު ނައްތާލުން 9. ހުރިހާ އެންމެން ހަމަހަމަވާނެ ގޮތަށް މަސައްކަތް ކުރުމާއި،އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ވީވަރަކުން އެހީތެރިވެދިނުމާއި ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން 10. ދަރިވަރުންނާއި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކާއި މުޢާމަލަތުކުރުމުގައި އަދަބުވެރިވުން 11. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއް ކުރަން ނޭގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލްގެ އިސްވެރިންނަށް އެންގުން 12. ސްކޫލްގެ ސާފުތާހިރުކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމާއި، އަމިއްލަ ސާފުތާހިރުކަމާއި ހެދުން އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ މިންގަޑު ހިފެހެއްޓުން 13. ސްކޫލުން ހާޒިރުވާން އަންގާ ބައްދަލުވުންތަކާއި ޙަފްލާތަކަށް ހާޒިރުވުން 14. ސްކޫލްގައި ރާވާހިންގާ އިތުރު ހަރަކާތްތަކާއި ގުޅިގެން ޙަވާލުކުރާ އެންމެހާ މަސައްކަތްކުރުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން. |
|
|
މަޤާމުގެޝަރުތުތައް: |
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ 2- ދިވެހި ރާއްޖޭގެ ޤައުމީ ސަނަތު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅާ ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ. 6. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒިފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރައި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒިފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" |
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޑިސެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މަޑިފުށީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އޮންނާނީ އޮންނާނީ 12 ޑިސެމްބަރު 2021 އިން 23 ޑިސެމްބަރު 2021 އާ ދެމެދު މަޑިފުށީ ސްކޫލްގައި ނުވަތަ ގޫގުލް މީޓް މެދުވެރިކޮށެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ.ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780605/7997377 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
20 ރަބީޢުލްއާޚިރު 1443
25 ނޮވެމްބަރ 2021