ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2021/225
|
ތާރީޚް: 24 ނޮވެންބަރު 2021
|
މަޤާމު
|
ޑިރެކްޓަރ (ފައިނޭންސް އެންޑް އެކައުންޓްސް)
|
ރޭންކް: އީ.އެކްސް 1
|
ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން
|
ޑިރެކްޓަރ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/8,835 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/4,417.50 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޑިޕާޓްމަންޓަށް ހޯދާ ޚިދުމަތްތައް ހޯދުމަށް މާލިއްޔަތާ ބެހޭ ޤަވާޢިދާ އެއްގޮތަށް ޚަރަދުކުރުމުގެ ހުއްދަ ދިނުމާއި ޕީއޯ ތައް އެޕްރޫވް ކުރުމާއި ބިލްތައް ލިބުމުން ޕީއޯ ހަދާފައިވާ ތަކެތީގެ ބިލާއި ޔޫޓިލިޓީސް ބިލްތަކުގެ ޑޮކިއުމަންޓް ހަމަތޯ ޗެކްކުރުމަށްފަހު ފައިސާ ދިނުމަށްޓަކައި ސެޕުގައި ޕާކްކުރެވިފައިވާ ބިލްތައް ޕޯސްޓްކުރުން.
- ޑިޕާޓްމަންޓަށް ލިބޭ އާމްދަނީ ފައިސާ އެމް.އެމް. އޭއަށް ޖަމާކުރުމަށް ހުއްދަ ދިނުން.
- މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާގެ ހިސާބުތައް ޗެކްކުރުމަށްފަހު ސެޕްގައި ވައުޗަރު ޕާކްކުރުމުން ޕޯސްޓްކުރުން. މިގޮތުން ފޮނުވޭ ފައިސާގެ ރިޕޯޓްތައް ކޯޓުތަކުން ރިކޮންސައިލްކޮށް ބަލަހައްޓަމުން ގެންދޭތޯ މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފާއެކު ޗެކް ކުރުން.
- ތިޖޫރީގައި ބެހެއްޓޭ ފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ބާކީކޮށް ބަލަހައްޓާތޯ ޗެކްކޮށް ރިޕޯޓްތައް ޤަވާޢިދުން މިނިސްޓްރީ އޮފް ފިނޭންސް އަށް ފޮނުވާތޯ ޗެކް ކުރުން. އަދި މިގޮތުން ބެހެއްޓިފައިވާ ޕެޓީކޭޝް އިން ހޯދާ ޚިދުމަތްތަކަށް ޤަވާއިދުން ފައިސާ ދޫކޮށް ސެޕުން ބާކީ ކޮށް ހިސާބުތައް ބަލަހައްޓާތޯ ޗެކްކޮށް ޕެޓީކޭޝް ހުސްވުމުގެ ކުރިން ރީއެންބާރސްކުރުމަށް ވައުޗަރު ސެޕުން ޕޯސްޓްކުރުން.
- ކޮންމެ އަހަރަކުވެސް ޖެހިގެން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، ހުރިހާ ކޯޓުތަކާއި ޑިޕާޓްމަންޓަށް ކޮންމެހެންވެސް ހޯދަންޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމާއި އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ޓްރާންސްފަރ ކުރުމަށް ބަޖެޓް ކޮންޓްރޯލް ޗެކްކޮށް އެޕްރޫވްކުރުން. އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ ކަންކަމުގައި ހުއްދައިގެ ކަންކަން ހަމަޖެއްސުން.
- ޑިޕާޓްމަންޓް އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ވޭތުވެ ދިޔަ އަހަރުގެ މާލީ ބަޔާން ޤަވާއިދާ އެއްގޮތަށް ތައްޔާރުކޮށް، ޝަރުޢީދާއިރާގެ މާލީ ބަޔާންތައް ކޮންސޮލިޑޭޓްކޮށް އަހަރީ ރިޕޯޓާއެކު މިނިސްޓްރީ އޮފް ފިނޭންސަށް އަދި އޮޑިޓް އޮފީހަށް ފޮނުވުން.
- ދަރިންގެ ޚަރަދާއި ޢިއްދައިގެ ޚަރަދުގެ ގޮތުގައި ލިބޭ ފައިސާ އެމް.އެމް އޭއަށް ޖަމާކުރުމުގެ ހުއްދަ ދިނުން އަދި އެ ފައިސާ ލިބެންވާ ފަރާތަށް ރައްދުކުރުމަށް ސެޕަށް އެންޓަރ ކުރެވިފައިވާ ވައުޗަރ ޕޯސްޓްކުރުން.
- މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ޝީޓްތައް ކޯޓުތަކުން ފޮނުވުމުން ކޮންސޮލިޑޭޓް ކުރެވިފައިވާ ޝީޓްތައް ޗެކްކުރުމާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން ޕެންޝަން އަދި އެކި އެކި ސްކީމްތަކުގައި ބައިވެރިވެފައިވާ މުވައްޒަފުންގެ މުސާރައިން ފައިސާ ކެނޑުމަށްފަހު ސެޕަށް އެންޓަރކުރެވިފައިވާ ވައުޗަރު ޗެކްކުރުމަށްފަހު ޤަވާއިދާއެއްގޮތަށް ޕޯސްޓްކުރުން. އަދި، ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މުސާރަ ޝީޓް އެޗް. އާރް ސެކްޝަނުން ސެޕަށް އެންޓަރ ކުރުމުން ޕޯސްޓްކުރުން.
- މީގެ އިތުރުންވެސް މާލީ ޒިންމާދާރު ވެރިޔާގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން.
|
މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް
|
- Flexible and adaptable approach to work
- Ability to use own initiative and self-motivation
- Knowledge of the latest Microsoft software
- Tact and discretion for dealing with confidential information
- Excellent verbal & written communication
- Excellent organizational and time management skills
- Ability to research and provide high quality policy advice
- Hold excellent interpersonal skills and leadership
- Analytical thinking & problem-solving skills with quick learning abilities / decision making
- Professional & calm personality
- Ability to find key strategic issues, opportunities and risks
- Ability to provide innovate technical leadership by performing and overseeing the planning, development, and management of operation.
|
ތަޢުލީމީ ރޮނގު
|
ބިޒްނަސް އެކައުންޓިންގ އެންޑް ފައިނޭންސް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ACCA / CIMA
- ފައިނޭންސް އެންޑް އެކައުންޓްސް
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2021 ޑިސެންބަރު 02 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- ދާއިރާގެ އެހެން ކޯޓުތަކަށާއި، ރާއްޖޭއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
- މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް އަދި ވަރޑް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.
- ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޕްރޮފެޝަނަލް ކަމާއެކު ޝަރުޢީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
- SAP ބޭނުންކުރަން އެނގުން ނުވަތަ އަވަހަށް ދަސްކުރެވޭނޭ މީހަކަށްވުން.
- ފައިނޭންޝިއަލް ރިޕޯޓިންގ (އެކައުންޓިންގ ސްޓޭންޑަޑްތައް އާދައިގެ މިންވަރަކަށް އެނގުން)
- ފައިނޭންޝިއަލް ބުކް ކީޕިންގ ގެ ހުނަރު ލިބިފައިވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އަދި އެނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
|