މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2021/251
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 02 ޑިސެންބަރު 2021 13:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން ޑްރާފްޓްކޮށް ނިންމާފައިވާ ހިރާސްއާބެހޭ ސިޔާސަތު (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ދޭނެ ފަރާތެއް ހޯދުމަށާއި، މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންޓާރނަލް އޮޑިޓާގުޅޭ ހޭލުންތެރިކުރުމުގެ 1 ސެޝަން ނަގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/251

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-133-21) GSRF-PSM HR/2021/07

 

 

 

އިޢުލާން

  •  ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނިން ޑްރާފްޓްކޮށް ނިންމާފައިވާ ހިރާސްއާބެހޭ ސިޔާސަތު (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ދޭނެ ފަރާތެއް ހޯދުމަށާއި، މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންޓާރނަލް އޮޑިޓާގުޅޭ ހޭލުންތެރިކުރުމުގެ 1 ސެޝަން ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL) PSM-FP/ PSM/2021/244 އިޢުލާންގެ މަޢުލޫމާތައް ބަދަލެއް އައުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިއިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތް 2 ލޮޓަށް ބަހާލެވިފައިވާނެއެވެ. މިއިން ކޮންމެ ލޮޓަކަށް އަގު ހުށަހަޅަންވާނީ ވަކިން (ވަކިކޯޓޭޝަނެއްގައި) އަގު ޖީއެސްޓީ ހިމަނައިގެންނެވެ.

 

ލޮޓް -1

މިކުންފުނިން ޑްރާފްޓްކޮށް ނިންމާފައިވާ ހިރާސް ޕޮލިސީ (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ހޯދުމާގުޅޭ މަޢުލޫމާތު

އެކްސްޕާރޓް އޮޕީނިއަން ދޭއިރު މިހާރު ޑްރާފްޓް ކުރެވިފައިވާ ޕޮލިސީއާއި ޕޮލިސީގެ ދަށުން އަމަލުކުރުމަށް ހެދިފައިވާ ޖަދުވަލްތަކަށާއި އަދި އިތުރަށް ހަދަންޖެހޭ ގައިޑްލައިންތަކާއި ޕްރޮސީޖަރސްތައް ތައްޔާރުކުރެވިފައި އޮންނަންވާނެއެވެ.

  •  ކުންފުނީގެ ހިރާސްތައް ބަހާލެވިފައިވާ މައިގަނޑު 4 ބައި ތިރީގައި އެވަނީއެވެ.
  1. ވިޔަފާރި ހިރާސް – ކުރިމަތިވާ ނުރައްކާ
  2. މާލީ ހިރާސް – ނިންމާ ކަންކަމުން ލިބޭ ގެއްލުން ދެނެގަތުން
  3. އޮޕަރޭޝަނަލް އަދި ސްޓްރެޓެޖިކް ރިސްކް
  4. ޕްރޮޖެކްޓް ރިސްކް

 

 

މިކަމަށް ކުރިމަތިލާފަރާތްތަކުގެ ޝަރުތުތައް:

  1. މި ދާއިރާގެ ތަޢުލިމާއި ތަޖުރިބާހުރި ފަރާތެއްކަމުގައިވުން (ތަޖުރިބާ އަދި ތަޢުލީމް ބަލާނީ ހުށަހަޅާ ލިޔުންތަކުންނެވެ)

 

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ސަރުކާރުގެ ކަމާގުޅޭ އިދާރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ ލިޔުން
  2. އަމިއްލަ ފަރުދެއްނަމަ އައިޑި ކާރޑް ކޮޕީ
  3. ކަމާގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ރެފަރެންސް ލެޓާރސް)
  4. ތަޢުލީމީ ދާއިރާއިން ލިބިފައިވާ ލިޔުންތައް

 

ނޯޓް: މިކަމަށް ކުރިމަތިލާ ފަރާތުން މިމަސައްކަތް ގިނަވެގެން 20 ދުވަސްތެރޭގައި ނިންމަންވާނެއެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޑްރާފްޓް ކުރެވިފައިވާ ހިރާސް ޕޮލިސީ ބަލަން ބޭނުންވާ ފަރާތްތަކަށް މިޕޮލިސީ ހިއްސާ ކުރެވޭނެއެވެ. މިޕޮލިސީ ބަލަން ބޭނުންވާ ފަރާތްތަކުން [email protected] އަށް 30 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.

 

ލޮޓް -2

 

އިންޓާރނަލް އޮޑިޓާގުޅޭގޮތުން ހިންގުމަށް ބޭނުންވާ އަހުލުވެރިކުރުމުގެ ޝެޝަންގައި ކޮންޓެންޓުންގެ ގޮތުގައި ހިމެނުމަށް ބޭނުންވާ މައިގަނޑު ބައިތައް:

  1. އިންޓާރނަލް އޮޑިޓްގެ ފަންކްޝަން ނުވަތަ ޑިޕާޓްމަންޓްގެ މެންޑޭޓަކީ ކޮބައިކަން
  2. އިންޓާރނަލް އޮޑިޓްގެ މައިގަނޑު އަސާސްތައް
  3. އިންޓާރނަލް އޮޑިޓްގައި އަމަލުކުރަންޖެހޭ ބެސްޓް ޕްރެކްޓިސްތައް
  4. ކޯޕަރޭޓް ގަވަރނަންސްގެ އުސޫލާ އެއްގޮތަށް ކުންފުނި ހިނގުމުގައި އިންޓާރނަލް އޮޑިޓްގެ ދަޢުރު
  5. އިންޓަރނަލް އޯޑިޓްގެ ރިޕޯޓްތައް ހުންނާނެގޮތް

 

މިކަމަށް ކުރިމަތިލާފަރާތްތަކުގެ ޝަރުތުތައް:

  1. ރަޖިސްޓާރޑް އޮޑިޓްފާރމް ނުވަތަ އޮޑިޓަރެއް ކަމުގައިވުން
  2. އޮޑިޓިންގ ދާއިރާގެ ތަޢުލީމާއި ތަޖުރިބާހުރި ފަރާތެއްކަމުގައިވުން

 

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. އޮޑިޓްފާރމެއް ނަމަ ރަޖިސްޓްރީގެ ކޮޕީ
  2. އަމިއްލަފަރުދެއްނަމަ އައިޑީކާރޑް ކޮޕީ
  3. ކަމާގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ (ރެފަރެންސް ލެޓާރސް)
  4. ތަޢުލީމީ ދާއިރާއިން ލިބިފައިވާ ލިޔުންތައް

 

މި 2 ލޮޓަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެ އުސޫލް:

  1. އަގު: 30 ޕޮއިންޓް
  2. ޓެކްނިކަލް:
  • މިދާއިރާއިން ލިބިފައިވާ ތަޢުލީމް: 30 ޕޮއިންޓް (ތަޢުލީމީ ގާބިލްކަން އިނގޭނޭ ލިޔުންތަކުން)
  • މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ: 30 ޕޮއިންޓް (ތަޖުރިބާގެ ގޮތުގައި ބަލާނީ މަސައްކަތްކޮށްފައިވާ މުއްދަތު/ ރިފަރެންސް ލެޓާރސް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތެއްނަމަ: 10 ޕޮއިންޓް

 

 

ބިޑް އިވެލުއޭޓްކުރެވޭނެގޮތް އަދި ބިޑް އެވޯޑް ކުރުން

  • މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް މިކުންފުނިން އިވެލުއޭޓްކޮށް (ބިޑް އެވޯޑު ކުރުމުގައި ކޮންމެ(ލޮޓެއްގައިވާ) މަސައްކަތަކަށް ވަކިން އިވެލުއޭޓްކޮށް) އެންމެ އެކަށީގެންވާ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ވަކިވަކިން ލޮޓް އެވޯޑް ކުރެވޭނެއެވެ. އަދި އެވޯޑް ކުރެވުނު ފަރާތަށް އެވޯޑް ކުރެވުނުކަމުގެ ލިޔުން ފޮނުވޭނެއެވެ. އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ  13:00 ކުރިން ދީފައިވާ މެއިލް އަށް ޕްރޮޕޯސަލްތައް ފޮނުއްވުން އެދެމެވެ.

ކޯޓޭޝަން މެއިލްކުރާނީ: [email protected]

           

                 19 ރަބީއުލްއާޚިރާ 1443

                 24 ނޮވެމްބަރ 2021

24 ނޮވެންބަރު 2021