މުބާރާތް
ނަންބަރު: (IUL)327-C/327/2021/1226
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 30 ނޮވެންބަރު 2021 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާގެ ލޯގޯ އާއި ދިދަ ފަރުމާކުރުމުގެ މުބާރާތް (3 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލުން)

ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ ލޯގޯ އާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލީމެވެ. ހުށަހެޅޭ ޑިޒައިންތަކުން އެއްވަނައަށް ހޮވޭ ޑިޒައިންއަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. މިމުބާރާތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ނައިފަރު ކައުންސިލް އިދާރާގެ ވެބްސައިޓުގެ ' ޑައުންލޯޑް ' މެނޫއިން ލިބިލައްވާނެއެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބިލައްވާނެއެވެ.

މިއީ މިމުބާރާތް އިޢުލާންކުރެވުނު ތިންވަނަ ފަހަރެވެ. މީގެކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ލިބިފައިވާ ޑިޒައިންތައް މަދުކަމުގައިވާތީ، މުއްދަތު އިތުރުކޮށް، އިތުރަށް ޑިޒައިންތައް ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލެވިފައިވަނީއެވެ. މީގެކުރިން ޑިޒައިން ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު ޑިޒައިން ހުށަހެޅޭނެއެވެ. އަދި އިވެލުއޭޓްކުރުމުގައި ލިބިފައިވާ ހުރިހާ ޑިޒައިންތަކެއް ބައިވެރިކުރެވޭނެއެވެ.

18 ނޮވެންބަރު 2021