ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)427-LCM/1/2014/42
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 09 އޮކްޓޫބަރު 2014 14:30
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މުޅިރާއްޖެއަށް ރީބްރޯޑްކާސްޓުކުރުމުގެ ފުރުސަތު ހުޅުވާލުން

ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓުކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން  9 އޮކްޓޫބަރު 2014 އާ ހަމައަށް ހުޅުވާލައިފީމެވެ. 

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބް ސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 9 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

12 ރަމަޟާން 1435

10 ޖުލައި 2014