ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B5/1/2021/261
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:09
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު އިޢުލާން

      މާލޭ ސިޓީކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ ދާއިރާގައި ހިމެނޭ ގޯތިގެދޮރުގެ ރަޖިސްޓަރި ހެއްދުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 42 ވަނަ މާއްދާގެ 11 އިން މިކައުންސިލާ މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ. އެގޮތުން، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމަކުން ގޯއްޗެއްގެ ބެހެނިވެރިއެއްކަމަށް ކަނޑައަޅާ ފަރާތްތަކަށް، މިކައުންސިލަށް އެދި ހުށަހެޅުމުން ރަޖިސްޓަރީ ހައްދައިދެއެވެ. އެކަމަށްޓަކައި ގޯތީގެ ރަޖިސްޓަރީ ގެ އަޞްލު ބޭނުންވެއެވެ. އެހެން ނަމަވެސް، ގޯތީގެ ރަޖިސްޓަރީ އަތުގައި އޮތް ފަރާތުން ކައުންސިލާ އެ ރަޖިސްޓަރީ ޙަވާލުކުރުމަށް ދެކޮޅު ހަދާ ޙާލަތްތައް މެދުވެރިވެ، ގޯތީގެ ބެހެނިވެރިންނަށް ގޯތީގެ ރަޖިސްޓަރީ ހައްދައި ދިނުމަށް ނުވަތަ އެ ރަޖިސްޓަރީގައި ހިމެނުމަށް ހުރަސް އެޅެއެވެ. އެކަމުން ކިތަންމެ މަދަނީ ޙައްޤަކަށް އުނިކަން ލިބެމުން ދެއެވެ.

މާލޭ ސިޓީކައުންސިލްގެ ރަސްމީ ބޭނުމަށް ގޯތީގެ ރަޖިސްޓަރީ ގެނެސް، ޙަވާލުކުރުމަށް އެންގުމުން، މަޤުބޫލް ޢުޒުރެއްނެތި  އެކަމަށް އިންކާރުކޮށް، ރަޖިސްޓަރީ ނުގެނެސްފިނަމަ، މުހުލަތު ލިއުމަކުންދީ، އެ ރަޖިސްޓަރީ ބާޠިލްކުރާނެކަން ޢާންމުކޮށް އަންގާ އިޢުލާންކޮށް، މުހުލަތުދީ އެމުއްދަތުގައިވެސް އިޖާބަ ނުދީފިނަމަ، އިޢުލާންގައިވާ ގޮތުގެ މައްޗަށް އަމަލުކޮށް، ޝަރުޢީ ނިހާއީ ޙުކުމުގައި  ގޯތީގެ ބެހެނިވެރިންކަމުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓަރީ ހަދައިދިނުމަށް މާލޭ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 22 ވަނަ ރަސްމީ ޢާންމު ޖަލްސާއަށް ޙާޒިރުވެ ވަޑައިގެންނެވި ކައުންސިލް މެންބަރުންގެ އިއްތިފާޤުން ނިންމާ ކަނޑައަޅާފައިވެއެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

01 ނޮވެންބަރު 2021