ދިވެހިރާއްޖެ
1 ވަނަ އިޢުލާން
މިނިސްޓްރީ އިން 2021 ޑިސެމްބަރ 8 އިން 10 އަށް ކ.ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ޓީޝާރޓް އަދި ތޮފި މިނިސްޓްރީއިން ދޭ ޑިޒައިންއަށް ޕްރިންޓްކޮށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339276 އަދި 3339282 ނަންބަރު ފޯނަށެވެ.