މަސައްކަތް
ނަންބަރު: IL-PRC/2021/59
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 02 ނޮވެންބަރު 2021 14:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ފައިނޭންޝަލް އިންކްލޫޝަން ޑިމާންޑް ސައިޑް ސާރވޭ (މާލީ ދާއިރާގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް) ސާރވޭ ކޮށްދޭނެ ފަރާތެއް ހޯދުން

     މި އޮތޯރިޓީ އަށް "ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލުމަށް ބޭނުންވާ މާލީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މައުލޫމާތު ނުވަތަ "ޑިމާންޑް ސައިޑް" ޑޭޓާ ހޯދުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، ތިރީގައި މިދަންނަވާ މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް މިއޮތޯރިޓީއަށް ހާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

31 އޮކްޓޫބަރު 2021

އާދީއްތަ

15:00

މަޢުލޫމާތު ސާފުކުރުން

02 ނޮވެންބަރު 2021

އަންގާރަ

14:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

14 ނޮވެންބަރު 2021

އާދީއްތަ

15:00

އަންދާސީ ހިސާބު ހުށަހެޅުން

21 ނޮވެންބަރު 2021

އާދީއްތަ

11:00

 

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 15:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެ، 02 ނޮވެންބަރު 2021 ވަނަދުވަހުގެ 14:00 އަށް އޮތޯރިޓީއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ މަޢުލޫމާތު ސެޝަންއަށް ހާޒިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

25 އޮކްޓޫބަރު 2021