މަސައްކަތް
ނަންބަރު: (IUL)30-C/30/2021/196
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 14:50
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ހުޅުލޭގައި ޤާއިމްކުރެވިފައިވާ މި މިނިސްޓްރީގެ އެނިމަލް ހެލްތް އެންޑް ކަރަންޓީން ފެސިލިޓީގައި ހުރި ކެމިކަލް ސްޓޯރޭޖް، ކެމިކަލާބެހޭ ގަވާއިދާއެއްގޮތަށް އަޕްގްރޭޑް ކުރުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން / ސައިޓް ވިޒިޓް

28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް

އެނިމަލް ހެލްތް އެންޑް ކަރަންޓީން ފެސިލިޓީ، ހުޅުލެ

އަންދާސީ ހިސާބު ހުށަހެޅުން

02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

ސައިޓް ވިޒިޓްއަށް ވަޑައިގަންނަވާ ބޭފުޅުން ހުޅުލެ ޓެކްސީ ސްޓޮޕްއަށް ވަޑައިގަން 7933991 ނަންބަރަށް ގުޅުމުން އަޅުގަނޑުމެންގެ ވެހިކަލްގައި ކެމިކަލް ސްޓޯރޭޖްއަށް ގެންގޮސް ދެވޭނެއެވެ.  ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322242 އަދި 3339282 ނަންބަރު ފޯނަށެވެ.

25 އޮކްޓޫބަރު 2021