ދިވެހިރާއްޖެ
2 ވަނަ އިޢުލާން
މި މިނިސްޓްރީގެ ބޭނުމަށް ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 10,000 (ދިހަ ހާސް) ޓްރޯލް ފްލޯޓްސް ތައްޔާރުކޮށް ފެޑް ސެންޓަރަށް (ހުޅުމާލެ) އަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)30-C/30/2021/212 (10 އޮކްޓޯބަރ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުވުމުން ހުރިހާ ފަރާތަކަށް ކުރިމަތި ލެވޭގޮތަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339257 އަދި 3339282 ނަންބަރު ފޯނަށެވެ.