ދެންނެވުން
ނަންބަރު: O10C-B/2021/02
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 14 ނޮވެންބަރު 2021 00:00
ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

އަގު ކޮމެޓީ ގެ މެމްބަރުންގެ ދަފްތަރު

 

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު ބަޔާންކޮށް އައިޑީކާޑް ކޮޕީ އާއެކު ސިޓީ އަކުން މި ކޯޓަށް 15 ނޮވެމްބަރު 2021މ. ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2021