ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)304-MS/304/2021/113 |
ތާރީޚް: 14 އޮކްޓޫބަރ 2021 |
ކޮމްޕިޔުޓަރ ސިސްޓަމް ހޯދުމާގުޅޭ |
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 06 (ހައެއް) ކޮމްޕިޔުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނުނު ނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ (ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު:
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މި އިދާރާއިން އެކަން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތްކޮށްފައިވާ ތަނަކުން އެތަނެއްގެ ލެޓަރހެޑުގައި ލިޔެ އެތަނެއްގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
|
08 ރަބީޢުލްއައްވަލް 1442
14 އޮކްޓޫބަރ 2021