ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ލޯންޗަކަށް ބޭނުންވާ ބިލްޑް އިން ފްރިޖް ފްރީޒަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް ގެޒެޓްއިންނާއި، މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 17 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 19 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.
މިކަމަށް މީގެ ކުރިން ކުރި ނަންބަރ(IUL)28-FA-1/1/2021/198 އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް އަލުން އިޢުލާންކުރީމެވެ.
އީމެއިލް: [email protected]
ފޯން: 3327881
ވެބްސައިޓް: https://bit.ly/3m9zDGW
ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.
5 ރަބީޢުލްއައްވަލް 1443
11 އޮކްޓޯބަރ 2021