ވަޒީފާގެ ފުރުޞަތު
                	
                ނަންބަރު: (IUL)240-CA/240/2021/19
                    ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2021
                    ޕަބްލިޝްކުރި ގަޑި:  09:34
                                            ސުންގަޑި: 
                            21 އޮކްޓޫބަރު 2021 13:00
                        
                    
                ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން
                                އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެެވެ.
ބޭނުންވާ ޢަދަދު: 2 ( ދޭއް )
ޝަރުތު :
- ލިޔަންކިޔަން އެގުން
 - ހެވީވެހިކަލް (D, E, V, V1) ކެޓެގަރީ ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން
 - މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
 - ފާއިތުވި ފަސް އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.(3މަސް ހަމަނުވާ ޕޮލިސްރިޕޯޓް)
 - ދެ (2) އަހަރު ވެފައިވާ ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
 - ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
 
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް ރުފިޔާ) ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 21 އޮކްޓޯބަރ 2021 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
                04 އޮކްޓޫބަރު 2021