ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2021/032
މަޤާމް: ނެޓްވޯރކް އެޑްމިނިސްޓެރޭޓަރ
ބޭނުންވާ އަދަދު: 01 (އެކެއް)
ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން
- ސީ.ސީ.އެން.އޭ/ ސީ.ސީ.އެން.ޕީ ޓްރެއިނިންގ ނުވަތަ ސެޓުފިކެޓު ހާސިލުކޮށްފައިވުން
- LAN ,WAN އަދި WiFi ގައި ބޭނުންކުރާ ނެޓްވޯކް ޕްރޮޓޮކޯލްސް، އެއާ ގުޅޭ ސޮފްޓްވެއަރ އަދި ހާޑްވެއަރ ކޮންފިގަރކޮށް މެއިންޓެއިން ކުރަން އިނގުން.
- ނެޓްވޯރކް ސެކިއުރިޓީ އެޑްމިނިސްޓްރޭޓަރ ނުވަތަ އިންފޮމޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޓަރ ގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ސިސްކޯ ނެކްސްޓް ޖެނެރޭޝަން ފަޔަރވޯލް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ނެޓްވަރަކަށް ދިމާވެދާނެ ޓެކްނިކަލް މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރުމަށްޓަކައި ބެކައަޕް ޕްލޭނެއް ނުވަތަ ޑިސާސްޓަރ ރިކަވަރީ ޕްލޭނެއް އެކުލަވާލައި، ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
- ކޮމްޕިއުޓަރ ނެޓްވާރކް ސެކިއުރިޓީއަށް ދިމާވެދާނެ މައްސަލަތައް އެސެސްކުރުމާއި، އެފަދަ ކަންތައްތައް މަދުކުރުމަށް މަސައްކަތްކުރުން.
- ނެޓްވަރަކަށާއި، ސަރަވަރަތަކަށް ދިމާވާ މައްސަލަތައް ދަނެގަނެ ޙައްލުކުރުމާއި، އެތަކެތި މެއިންޓެއިންކޮށް އަޕްގްރޭޑްކޮށް ބެލެހެއްޓުން.
- ޑޭޓާ ސެކިއުރިޓީ އާއި، ނެޓްވަރކް ސެކިއުރިޓީ ކަށަވަރުކުރުމަށް ހަދަންޖެހޭ އެކއެކި ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
- ނެޓްވަރކް އިންޖިނީރިންގ ގެ ދާއިރާގައި އަމަލީގޮތުން މަސައްކަތްކޮށް، ނެޓްވަރކަށް ދިމާވާ މައްޞަލަތައް އެނަލައިޒްކޮށް ހައްލުކުރުމުގެ މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
- ޓީމަކާއިއެކު މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
މުސާރައާއި އިނާޔަތް: މަހަކު -/15،283 ރުފިޔާއާއި -/17،705 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
ކުރިމަތިލުމުގެ ސުންގަޑި: 2021 އޮކްޓޯބަރު 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.