ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަންބަރު:(IUL)22-E/22/2021/280
އިޢުލާން
ވ. ތިނަދޫ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ
ވ. ތިނަދޫގައި 2021 އޮކްޓޫބަރު 24 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ތިނަދޫ ސްކޫލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލަމެވެ. ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެއެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ތިނަދޫ ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެއެވެ.
ވީމާ، މި ސްކޫލަށް ވައްދަން އެދޭ ދަރިވަރުންގެ ފޯމު 2021 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 1400 ގެ ކުރިން ވ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
21 ޞަފަރު 1443