ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)22-E/22/2021/281
އިޢުލާން
ފެހެންދޫ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ
ބ. ފެހެންދޫގައި 2021 އޮކްޓޫބަރު 24 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ފެހެންދޫ ސްކޫލަށް ދަރިވަރުން ވެއްދުމަށް ހުޅުވާލަމެވެ. ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެއެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ފެހެންދޫ ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެއެވެ.
ވީމާ، މި ސްކޫލަށް ވައްދަން އެދޭ ދަރިވަރުންގެ ފޯމު 2021 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 1400 ގެ ކުރިން ބ. ގޮއިދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ގޮއިދޫ ސްކޫލުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
21 ޞަފަރު 1443