ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/1/2021/68
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 01 އޮކްޓޫބަރު 2021 00:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް އިމްޕޯޓްކޮށްފައި ހުންނަ މުދަލަށް ޑިއުޓީ ދައްކަންޖެހޭ ހާލަތުގައި ޑިކްލަރޭޝަން ނިންމުމާއި ގުޅޭ

ޤާނޫނު ނަންބަރު 79/31  (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މަޢާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މަޢާފުކުރުމުގައި ޢަމަލުކުރާނެ އުސޫލާއި ކަސްޓަމްސް އާންމު ގަވާއިދުގެ 121، 122 އަދި 124 ވަނަ މާއްދާއަށް ޙަވާލާދީ ދަންނަވަމެވެ. ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާގޮތަށް ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށްޓަކައި، ކަސްޓަމްސް އާއްމު ގަވާއިދުގެ 121 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓީ-ސީރީޒް" ގެ ގުޑްސް ޑިކްލަރޭޝަންއާއި އެކިއެކި ޕްރޮޖެކްޓްތަކަށް ޑިއުޓީ މަޢާފްކޮށް އިމްޕޯޓްކުރެވޭ ތަކެއްޗަށް ޑިއުޓީދައްކަންޖެހޭ ހާލަތުގައި މިހާރު އެކަން ކުރެވެމުންދަނީ "އާރު-ސީރީޒް" ގެ ޑިކްލަރޭޝަންއެއް އެމުދަލަށް ހުށަހަޅައިގެންނެވެ. 

ނަމަވެސް، ޓެމްޕޮރެރީކޮށް ރާއްޖެ އެތެރެކުރާ ތަކެއްޗަށް ޑިއުޓީދައްކާ ދާއިމީ އިމްޕޯޓަކަށް ބަދަލުކުރާއިރު  "އާރު-ސީރީޒް" ގެ ޑިކްލަރޭޝަން ނިންމުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތީ އާއި އެފަދަހާލަތުގައި "އާރު-ސީރީޒް"ގެ ޑިކްލަރޭޝަން ހުށަހެޅުމަށް އިމްޕޯރޓަރ/ބްރޯކަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، "ޓީ-ސީރީޒް" ގެ މުދަލަށް ޑިއުޓީ ނަގަންޖެހޭ ހާލަތުގައި އެކަންކުރާނީ، ރާއްޖެއަށް މުދާ ގެނައިއިރު ހުށަހަޅާފައިވާ "ޓީ-ސީރީޒް"ގެ ޑިކްލަރޭޝަން މޮޑިފައިކޮށްގެންކަމުގައި ދެންނެވީމެވެ. އަދި، އެކިއެކި ޕްރޮޖެކްޓްތަކަށް ގެންނަ ހެވީ ވެހިކަލް އާއި މެޝިނަރީފަދަ ތަކެތީގެ ވަކިވަކި އައިޓަމްތައް މޮޑިފައިކޮށް ޑިއުޓީނެގުމަށް މަގުފަހި ކުރުމަށްޓަކައި، 2021 އޮކްޓޯބަރ 01 ވަނަ ދުވަހުން ފެށިގެން، ހެވީވެހިކަލް އާއި މެޝިނަރީ ފަދަ ތަކެތީގެ ކޮންމެ ވެހިކަލެއް ނުވަތަ މެޝިނެއް ވަކި އައިޓަމެއްގެ ގޮތުގައި "ޓީ-ސީރީޒް" ގެ ޑިކްލަރޭޝަންގައި ހިމެނުއްވުމަށްވެސް ދެންނެވީމެވެ.

27 ސެޕްޓެންބަރު 2021