| 
 ނަންބަރު: 11 F12C-A/2021/ 
 | 
 ވަޒީފާގެ ފުރުޞަތު 
 | 
| 
 ތާރީޚް: 20 ސެޕްޓެމްބަރ 2021 
 | 
| 
 ރޭންކް: ޖީ.އެސް 3 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  
 | 
 މަޤާމް 
 | 
   
 | 
| 
 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 
 | 
 1 (ވަގުތީ) 
 | 
 ބޭނުންވާ އަދަދު 
 | 
   
 | 
| 
 ބ. ހިތާދޫ މެޖިސްޓްރޭޓްކޯޓް / ބ. ހިތާދޫ 
 | 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
   
 | 
| 
 -/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) 
 | 
 އަސާސީ މުސާރަ 
 | 
   
 | 
| 
 - ސާރވިސް އެލަވަންސް: -/1500ރ (ފަނަރަސަތޭކަ ރުފިޔާ) 
- ލިވިންގް އެލަވަންސް: -/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) 
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %20 
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ   
 | 
 މިމަޤާމަށް ލިބޭ އެލަވަންސް 
 | 
   
 | 
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
 
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
 
  | 
 އަސާސީ ޝަރުތު 
 | 
   
 | 
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން
 
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
 
 
  
 | 
 އެހެނިހެން ޝަރުތު 
 | 
   
 | 
| 
   
- ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާއި ޙަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެއްގެ ލަފާގެމަތިން ފުރިހަމަކުރުން.
 
-  ކޯޓަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ، އެންޓްރީކޮށް، އެވަގުތަކު ކޯޓުގައި ހުރި އިދާރީ އިސް މުވައްޒަފެއްގެ ލަފާގެމަތިން މުވައްޒަފުންނާއި ޙަވާލުކުރުން.
 
- ކޯޓުގެ މުވައްޒަފުންގެ ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުންފަދަ ވަޒީފާ އާއި، ގުޅުން ހުރި އެންމެހާ ކަންތައްތަކެއްގެ އިދާރީ މަސައްކަތްތައް ޗީފް އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ކުރުމާއި، ކޯޓުގެ މުވައްޒަފުންގެ (ދާއިމީ، އަދި ވަގުތީ) މަޤާމްތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
 
- ކޯޓުގެ މުވައްޒަފުންގެ ޙާޟިރީ ރެކޯޑް، (މުވައްޒަފުންގެ ޗުއްޓީ އާއި، ސަލާމުގެ ރެކޯޑްތަކާއިއެކު) "ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު" އާއި، އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
 
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ މަޢުލޫމާތު، ފަސޭހައިން ހޯދައިލެވޭނެފަދަ ގޮތަކަށް ބެލެހެއްޓުން.
 
- އިދާރީ ކަންތައްތަކާއި ގުޅިގެން އެކި ފަރާތްތަކުން އަންނަ ސިޓީ، މެސެޖްފަދަ ލިޔުންތަކަށް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ލިޔެ، އެ ފަރާތްތަކަށް ފޮނުވުމާއި، އަދި އަގަބަހުން ޖަވާބުދާރީވާން ޖެހިއްޖެކަމެއްގައި އެ ގޮތުގެމަތިން ޖަވާބުދާރީވުން.
 
- މަސައްކަތު މީހުންނާއި، ވޮޗަރުން ޤަވާޢިދުން ޙަރަކާތްތެރި ކުރުވުމާއި، އެ މީހުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
 
- ކޯޓުގެ އިންވެންޓްރީ އާއި، ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
 
- މުވައްޒަފުންނަށް ލިބި ދޭންޖެހޭ މުސާރަ އާއި، އެންމެހާ ޢިނާޔަތްތަކުގެ ތަފްޞީލް، ފައިސާ އާއި ބެހޭ މަސައްކަތްކުރާ މުވައްޒަފަކަށް ފޯރުކޮށްދިނުން.
 
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް މެޖިސްޓްރޭގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
 
- ކޯޓަށް ހުށަހެޅޭ ކައިވެނި ފޯމްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
 
- މީގެ އިތުރުންވެސް ޤާނޫނާ ޤަވާޢިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
 
  | 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު  
 | 
   
 | 
| 
 އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް 
 | 
 ތަޢުލީމީ ރޮނގު 
 | 
   
 | 
| 
 ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން. 
 | 
 ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
   
 | 
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ 
 
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓިއަކާ ގުޅިގެން ރާއްޖޭގައި ތައުލީމްދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
 
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
 
 
  
 | 
 ހުށަހަޅަންޖެހޭ ތަކެތި 
 | 
   
 | 
| 
 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ .ތުޅާދޫ މެޖިސްޓްރޭޓްކޯޓަށް ފޯމު ހުށަހެޅުން ނުވަތަ (މެއިލްއައިޑީ[email protected])އަށް މެއިލް ކުރެއްވުން އެދެމެވެ. 
 | 
 ސުންގަޑި 
 | 
   
 | 
- އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
 
- ލިބިފައިވާ ތައުލީމް: %30
 
- މަސައްކަތުގެ ތަޖްރިބާ:
 
- މަސައްކަތަށް ބޭނުންވާ ހުނަރު: 10%
 
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): %50
 
 
 | 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް 
 | 
   
 | 
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ "ވަޒީފާއަށް އެދޭ ފޯމާއި ސްލިޕް" ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 
- މި އިޢުލާނާއި ގުޅިގެން އީ.މެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.
 
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6600166
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
 
 
 | 
 އިތުރު މަޢުލޫމާތު 
 | 
   
 | 
- ދިވެހި ބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރުމާއި ޓައިޕް ކުރަން އެނގޭ ފަރާތެއްކަމުގައިވުން.
 
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން.
 
- ވަޒީފާއާއި ބެހޭ ޤާނޫނާ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
 
- ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
 
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން.
 
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
 
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައި ވުން.
 
 
 | 
 މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް 
 | 
   
 |