ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، 02 ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 03 ވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2021/42 (10 ޖޫން 2021) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރި ފަރާތުން، އެއްބަސްވެފައިވާ ބްރޭންޑްގެ ވެހިކަލް ސަޕްލައިކޮށްދެވެން ނެތްކަމަށް މިއޮފީހަށް އަނގާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް، މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 29 ސެޕްޓެމްބަރު 2021 ވާ ބުދަ ދުވަހުގެ 11:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.