ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IL-PRC/2021/53
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 27 ސެޕްޓެންބަރު 2021 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 04 (ހަތަރެއް) ސްކޭނަރ އަދި 28 (އަށާވީސް) ޕަވަރ އޯވަރ އެތަރނެޓް އެޑެޕްޓަރ Power Over Ethernet (PoE) Adapter (ހުއާވޭ ވައިފައި އެކްސެސް ޕޮއިންޓްއަށް) ސަޕްލައިކޮށްދިނުން

     މި އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް، 04 (ހަތަރެއް) ސްކޭނަރ އަދި 28 (އަށާވީސް) ޕަވަރ އޯވަރ އެތަރނެޓް އެޑެޕްޓަރ Power Over Ethernet (PoE) Adapter (ހުއާވޭ ވައިފައި އެކްސެސް ޕޮއިންޓްއަށް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރިނަންބަރު IL-PRC/2021/48 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

23 ސެޕްޓެންބަރު 2021

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

27 ސެޕްޓެންބަރު 2021

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

30 ސެޕްޓެންބަރު 2021

ބުރާސްފަތި

11:00

 

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.

16 ސެޕްޓެންބަރު 2021