ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2021/167
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 27 ސެޕްޓެންބަރު 2021 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ކޮންޓްރެކްޓް) (ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/167 

ތާރީޚް: 16 ސެޕްޓެމްބަރު 2021

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން (ކޮންޓްރެކްޓް)

ރޭންކް: އެމް.އެސް 1

މުއްދަތު

1 އަހަރު

ޢަދަދު

01

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/2,244 (އަސާސީ މުސާރައިގެ %40)

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/2550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ޝަރީޢަތް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ޤާއިމުކޮށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ކޯޓުގެ އައިޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ބެލެހެއްޓުން.
  • ކޯޓުގެ ވެބްސައިޓުގެ މެއިންޓަނަންސް މަސައްކަތް އަދި ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ މަސައްކަތްކުރުން.
  • ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންނަށް އައިޓީއާ ގުޅޭގޮތުން ދޭންޖެހޭ ތާޒާކުރުމުގެ އެކިއެކި ތަމްރީންތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން. 
  • ކޯޓުގައި ބޭނުންކުރާ އިދާރީ އަދި ޝަރުޢީ ފޯމުތަކާއި ލިޔުންތަކާއި، ލީފްލެޓް އަދި ފޮތްފަދަ ތަކެތީގެ ލޭއައުޓު، ކަމާބެހޭ ސެކްޝަންތަކުން ބޭނުންވާގޮތަށް ތައްޔާރުކުރުން.
  • ކޯޓުގައި ބޭނުންކުރާ އެކިއެކި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހައްލުކޮށްދީ ކޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުން.
  • ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރ އަދި މެޝިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުންދުވަހަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.
  • ކޯޓުގައި ބެހެއްޓިފައިވާ އީ-ނޯޓިސްބޯޑުތައް ޤަވާޢިދުން އަޕްޑޭޓް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ކޯޓުގައި ބޭނުންކުރާ މުވާސަލާތީ ތަކެއްޗާއި، ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ހަރުކުރެވިފައިވާ ކެމެރާތައް މަސައްކަތްކުރޭތޯ ޤަވާޢިދުން ޗެކްކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • މައްސަލަތަކުގެ ޝެޑިއުލް ވެބްސައިޓްގައި ޢާންމުކުރުން.
  • ކޯޓުން ނިންމާ ހުކުމްތަކުގެ ޤަޟިއްޔާ ޤަވާޢިދުން ވެބްސައިޓަށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  • ކޯޓުގެ ޖެމްސް، މެމްސް އަދި ސީއެމްއެސްގެ އެޑްމިނިސްޓްރޭޓަރގެ ރޯލް އަދާކޮށް އެމޮޑިއުލްތައް ބެލެހެއްޓުން.
  • ކޯޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކުކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓރޭޝަންގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން.
  • ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • މިނޫންވެސް އައި.ސީ.ޓީ މަސައްކަތާގުޅޭގޮތުން ވެރިއަކު އަންގަވާ މަސައްކަތެއް ކުރުން.

ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ / ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖިނީރިން

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ސުންގަޑި

2021 ސެޕްޓެމްބަރު 27 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340852 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
16 ސެޕްޓެންބަރު 2021