ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)142-D/1/2014/56
                    ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2014
                    ޕަބްލިޝްކުރި ގަޑި:  15:32
                    
                މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
1435 ވަނައަހަރުގެ ފަގީރުންގެ ގޮތުގައި ނަން ނޯޓު ކުރުމާބެހޭ
                                02 ރަމަޟާން 1435، 29 ޖޫން 2014 ވާ އާދީއްތަ ދުވަހުން ފެށިގެން 15 ރަމަޟާން 1435 (14 ޖުލައި 2014) ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިނގިލީ އަވަށުން ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:00 އަށް ފަގީރުންގެ ގޮތުގައި ނަން ނޯޓުކުރުން އޮންނާނެއެވެ. މާލެސިޓީ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަން ނޯޓްކުރުން އޮންނާނީ އެ ރަށެއްގެ ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ތާރީޚުގައި މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ނަން ނޯޓުކުރައްވަމުން ގެންދެވުން އެދެމެވެ. ނަން ނޯޓްކުރަން ވަޑައިގަންނަވާއިރު އަޑީކާޑުގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ.
24 ޝަޢުބާން 1435
                22 ޖޫން 2014