މަސައްކަތް
ނަންބަރު: (IUL)13-K/13/2021/255
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:51
ސުންގަޑި: 04 އޮކްޓޫބަރު 2021 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމް ކުރުމާއި މިހާރުހުރި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ބޮޑު ކުރުމުގެ މަސައްކަތްތަކުގެ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމުގެ މަސައްަކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2021/C-007)

 

1. ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި  ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ޤާއިމް ކުރުމާއި މިހާރުހުރި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ބޮޑު ކުރުމުގެ މަސައްކަތްތަކުގެ ކޮންސަލްޓަންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މިކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، (i) ފެސިލިޓީތަކުގެ ބޭސިކް އިންޖިނިއަރިންގ ކުރެހުންތައް ތައްޔާރު ކުރުމާއި ޓެންޑަރ ޑޮކިއުމަންޓުތައް ތައްކާރު ކުރުން؛ (ii) ޓެންޑަރިންގ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުން؛ (iii) ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ކޮންޓްރެކްޓުތަކުގައި ސޮއިކުރުމުން އެމަސައްކަތްތައް ސުޕަރވައިޒް ކުރުން ހިމެނެއެވެ. މި ޚިދުމަތުގެ މުއްދަތަކީ ކޮންޓްރެކްޓުގައި ސޮއި ކުރާ ތާރީޚުން ފެށިގެން 540 ދުވަހެވެ.

3. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 8 ސެޕްޓެންބަރު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތުގެ ޒިންމާއެކެވެ.

4. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތުގެ ޤާބިލްކަމާއި ތަޖުރިބާ ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިޚިދުމަށްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާއަކީ؛ (i) 10 އަހަރު ދުވަހުގެ ޖެނެރަލް އެކްސްޕީރއަންސް؛ (ii)  މިމަސައްކަތަށް ކަނޑައަޅާފައިވާ ސްކޯޕްއާ އެއްވަރުގެ ކޯލްޑް ސްޓޯރޭޖާއި ރެފްރިޖެރޭޝަން ކޮމްޕްލެކްސް ޑިޒައިން ކުރުމާއި އެފަދަ ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމުގެ ތަޖުރިބާ؛ (iii) ޕަވަރ ޖެނެރޭޝަނާއި ޑިސްޓްރިބިއުޝަންގެ ކޮންސަލްޓަންސީ ޚިދުމަތުގެ ތަޖުރިބާ؛ (iv) ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ؛ (v) ހުށަހަޅާ ލޭއައުޓް ޑިޒައިނާއި، މެތަޑޮލޮޖީއާއި ފެސިލިޓީ ޔުޓިލައިޒޭޝަންގެ ފުރިހަމަވާ މިންވަރު އަދި ހުށަހަޅާ މެޝިނަރީއާއި އިކުއިޕްމަންޓުގެ ކޮލިޓީ،  ޓަރމްސް އޮފް ރެފަރެންސްގައިވާ މިންގަނޑަށް ހުރުން؛ (vi) މިމަސައްކަތަށް ބޭނުންވާ ކީ އެކްސްޕަރޓްސް ހުރިކަން އެނގެން އޮތުން ހިމެނެއެވެ. ޝޯޓްލިސްޓް ކުރުމުގެ މިމަރުހަލާގައި ކީ އެކްސްޕާޓްސްގެ ބައި އިވެލުއޭޓް ކުރުމަށް ހަމަޖެހިފައި ނުވެއެވެ.

5. ކޮންސަލްޓަންޓުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު އިތުރު ކުރުމަށްޓަކައި އެހެން ފަރާތްތަކާއި އެސޯސިއޭޓްވެވިދާނެއެވެ. ނަމަވެސް އެ އެސޯސިއޭޝަނަކީ ޖޮއިންވެންޗަރ އެއް ކަން ނުވަތަ ސަބް ކޮންސަލްޓަންސީއެއްކަން ސާފުކޮށް އެނގެން އޮންނަންްވާނެއެވެ. ޖޮއިންޓްވެންޗަރއެއްނަމަ، މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓްވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެއެވެ.

6. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، "ދަ ގައިޑްލައިން ފޮރ ދަ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޮރ ދަ އެކްސެކިއުޝަން އޮފް ވަރކްސް އެންޑް ދަ ޔޫސް އޮފް ކޮންސަލްޓަންޓްސް އޮފް ދަ ޑިވެލޮޕްމެންޓް އިންސްޓިޓިއުޝަންސް މެމްބަރސް އޮފް ދަ ކޯޑިނޭޝަން ގްރޫޕް- ފަސްޓް އެޑިޝަން 1995" ގައިވާ އުސޫލުންނެވެ.

7. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.

8. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349191, +960 3349106, +960 3349147

އީމެއިލް  :  [email protected]

ކޮޕީ   :  [email protected]

08 ސެޕްޓެންބަރު 2021