| 
 އިޢުލާނު 
  
             މި ޑިޕާޓްމަންޓަށް އެޑިއުކޭޝަން އޮފިސަރެއް ހޯދުމަށް 19 އޮގަސްޓް 2021 ވަނަ ދުވަހު ކުރެވުނު އިޢުލާނާއި (ނަމްބަރު: (IUL)461/461/2021/2 ގުޅިގެން މިމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ އެންމެ ފަރާތެއް ކަމުން އެއިޢުލާން ބާތިލުކޮށް މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. 
  
 | 
| 
 މަޤާމު: 
 | 
 އެޑިއުކޭޝަން އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 J-305638 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކު: 
 | 
 (އެމް.އެސް 3 – އީ.އެކްސް 6) 
 | 
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
 ޓީޗިންގް ސާވިސަސް 
  
 | 
| 
 ތައުލީމީ ރޮނގުތައް 
 | 
 އެޑިއުކޭޝަން، އިންގްލިޝް، ޓީޗިންގ 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 (އެޑިއުކޭޝަން އޮފިސަރ 4 – އެޑިއުކޭޝަން އޮފިސަރ 11) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަން 
 | 
| 
 މުސާރަ: 
 | 
 7035.00 – 15560.00 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 3500.00 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް. 
4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ. 
  
| 
  ރޭންކް 
 | 
 ސަޕޯޓިންގ ކޯ އެލަވަންސް 2 
 | 
 
| 
 MS3 
 | 
 -/900 ރުފިޔާ 
 | 
 
| 
 MS4 
 | 
 -/900 ރުފިޔާ 
 | 
 
| 
 EX1 
 | 
 -/1100 ރުފިޔާ 
 | 
 
| 
 EX2 
 | 
 -/1100 ރުފިޔާ 
 | 
 
| 
 EX3 
 | 
 -/1300 ރުފިޔާ 
 | 
 
| 
 EX4 
 | 
 -/1300 ރުފިޔާ 
 | 
 
| 
 EX5 
 | 
 -/1500 ރުފިޔާ 
 | 
 
| 
 EX6 
 | 
 -/1500 ރުފިޔާ 
 | 
 
 
 
  
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
 1. ރާއްޖޭގައި ހިންގާ ސްކޫލްތަކުންނާއި ތަޢުލީމު ދޭ ތަންތަނުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި، ސްކޫލްތަކާއި ތަޢުލީމު ދޭ ތަންތަން ރިވިއު ކުރުން. 
2. ރިވިއުތަކުގައި ޓީމް މެންބަރެއްގެ ގޮތުގައި ޢަމަލީގޮތުން ބައިވެރިވެ އިނގިރޭސި މާއްދާގެ ކްލާސްތައް އޮބްޒަރވްކޮށް ފީޑްބެކް ދިނުން. 
3. ސްކޫލްތަކުގެ "ސްކޫލް ސެލްފް އިވެލުއޭޝަން" ކުރިއަށް ގެންދިއުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި "ސްކޫލް އިންޕްރޫވްމަންޓް ޕްލޭން" ތަންފީޒުކުރަމުންދާ ގޮތް މޮނީޓަރކޮށް ބެލެހެއްޓުން. 
4. ސްކޫލްތަކާއި ތަޢުލީމުދޭ ތަންތަން ހިނގަނީ ތަޢުލީމީމުގެ ޤާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ މަސައްކަތްކުރުން. 
5. ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ކޮލިޓީ ސްޓޭންޑަޑް ރިވިއުކޮށް އިންޕްލިމެންޓްކުރުމުގެ މަސައްކަތްކުރުން. 
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
| 
 މަޤާމް 
 | 
  ރޭންކް 
 | 
 ކްލެސިފިކޭޝަން 
 | 
 ޝަރުތު 
 | 
 މަޤާމުގެ އަސާސީ މުސާރަ 
 | 
 ސަރވިސް އެލަވަންސް 
 | 
 
| 
   
އެޑިޔުކޭޝަން އޮފިސަރ 
 | 
 MS3 
  
  
  
 | 
 އެޑިޔުކޭޝަން އޮފިސަރ 4 
 | 
 -  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލްކޮށްފައިވުން؛ ނުވަތަ 
-   ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ 
-   އެޑިއުކޭޝަން އޮފިސަރ 3ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/7035 
 | 
   
  
  
  
  
  
  
  
  
  
  
  
  
  
  
  
  
3500/- 
 | 
 
| 
 MS4 
 | 
 އެޑިޔުކޭޝަން އޮފިސަރ 5 
 | 
 -   ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިމުނުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރަބީ ލިބިފައިވުން ނުވަތަ 
-   ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ 
-    ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި) ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ 
-    އެޑިޔުކޭޝަން އޮފިޝަރ 4 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހރު އެޅެ ތަޖުރިވާ ލިބިފައިވުން 
 | 
 -/7875 
 | 
 
| 
 EX1 
 | 
 އެޑިޔުކޭޝަން އޮފިސަރ 6 
 | 
 -   ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން: ނުވަތަ 
-  ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ 
-  އެޑިއުކޭޝަން އޮފިސަރ 5ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/8835 
 | 
 
| 
 EX2 
 | 
 އެޑިޔުކޭޝަން އޮފިސަރ 7 
 | 
 -   ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން    
-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ 
-   އެޑިއުކޭޝަން އޮފިސަރ 6ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/9890 
 | 
 
| 
 EX3 
 | 
 އެޑިޔުކޭޝަން އޮފިސަރ 8 
 | 
 -   އެޑިއުކޭޝަން އޮފިސަރ 7ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/11065 
 | 
 
| 
 EX4 
 | 
 އެޑިޔުކޭޝަން އޮފިސަރ 9 
 | 
 -  އެޑިއުކޭޝަން އޮފިސަރ 8ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/12400 
 | 
 
| 
 EX5 
 | 
 އެޑިޔުކޭޝަން އޮފިސަރ 10 
 | 
 -  އެޑިއުކޭޝަން އޮފިސަރ 9ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/13890 
 | 
 
| 
 EX6 
 | 
 އެޑިޔުކޭޝަން އޮފިސަރ 11 
 | 
 -  އެޑިއުކޭޝަން އޮފިސަރ 10ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން 
 | 
 -/15560 
 | 
 
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
 
 
(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) 
(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން 
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. 
  
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (ގ. އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ޑިޕާޓްމަންޓްގެ އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލްކުރުން އެދެމެވެ.   
  
 | 
| 
 ޝޯޓްލިސްޓުކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
  
 | 
| 
 އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 12 ސެޕްޓެމްބަރ 2021 އާއި 21 ސެޕްޓެމްބަރ 2021 އާ ދެމެދު، ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (ގ. އެދުރުހިޔާ 9 ވަނަ ފަންގިފިލާ) ގައެވެ.  މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  
 | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން 
 | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
  
  
  
 | 
| 
   
- ފުރަތަމަ އިޢުލާނަށް ކުރިމަތިލައި ޝަރުތުހަމަވި ފަރާތުން މި އިޢުލާނަށް އިޖާބަދެއްވަން ބޭނުންވާނަމަ، އަލުން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.
 
 
  
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341220 އަށެވެ. އީ-މެއިލް ކުރާނީ (  [email protected]) އަށެވެ. 
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 
 |