ދިވެހިރާއްޖެ
އިޢުލާން
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތަށް ބައެއް ބަދަލުތައްގެނެސް މަރާމާތުކުރުމުގެ މަސައްކަތާގުޅޭ:
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ލިބިފައިވާ ޢިމާރާތައް ބައެއް ބަދަލުތައް ގެނެސް މަރާމާތުކުރުމުގެ މަސައްކަތް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު، މި ކޯޓުގެ މެއިލް އެޑްރެސް: [email protected] އަށް 2021 ސެޕްޓެމްބަރ 07 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރެއްވުމަށްފަހު ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން  | 
 08 ސެޕްޓެމްބަރ 2021  | 
 ބުދަ  | 
 13:30  | 
| 
 އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން  | 
 15 ސެޕްޓެމްބަރ 2021  | 
 ބުދަ  | 
 13:30  | 
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 މުޙައްރަމް 1443