މަސައްކަތް
ނަންބަރު: (IUL)23-AP/23/2021/191
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 09 ސެޕްޓެންބަރު 2021 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 6 ވަނަ ފަންގިފިލާގެ އިންޓީރިއަލް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 12 ސެޕްޓެންބަރު 2021 16:26 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

         މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 6 ވަނަ ފަންގިފިލާގެ އިންޓީރިއަލް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ސެޕްޓެމްބަރ 2021 ވާ  ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

21 މުޙައްރަމް  1443

29 އޮގަސްޓް 2021