މަސައްކަތް
ނަންބަރު: (IUL)23-OAA/23/2021/190
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 19:08
ސުންގަޑި: 06 ސެޕްޓެންބަރު 2021 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓް

         އިޢުލާން

 

ޕްރޮޖެކްޓުގެ ނަން: ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓް

ރިފަރެންސް ނަންބަރު: MV-MOH-196771-GO-RFQ

 

          ވާރލްޑް ބޭންކްއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކްގެ އެހީގައި މިމިނިސްޓްރީން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެކްޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ އައިޓީ އިކިއުޕްމަންޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 05 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތައް 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން މި ޢިއުލާނާއެކުގައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު [email protected] އީމެއިލަށް ފޮނުވައި ދިނުމަށް ދެންނެވީމެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ގެޒެޓުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

28 އޮގަސްޓް 2021