|
މުސާރަ ( އެހެނިހެން އިނާޔަތްތަކާއެކު):
|
މަހަކު -/8،500ރ - -/13،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
|
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ޝަރުތު:
|
- ކޮމްޕިޔުޓަރ ސައިންސް ގެދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
- ޖީސީއޭ އޯލެވެލް އިންތިހާނުން ކޮމްޕިއުޓަރ ސައިންސް، މި މާއްދާއިން "އޭ" ފާސް ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ސިސްޓަމްތައް ޑިވެލޮޕް ކުރުމަށް ބޭނުންވާ ރެކުވާމަންޓްތައް ޑިޕާޓްމަންޓް އަދި ޔުނިޓްތަކާއި ގުޅިގެން ނެގުން. އަދި އެ ރިކުޔާރްމަންޓްތަކަށް ބިނާކޮށް ޑޮކިޔުމަންޓް ތައްޔާރު ކުރުމުގައި އެހީތެރިވެދިން.
- މިހާރު ބޭނުން ކުރާ އެޕްލިކޭޝަންތައް މަސައްކަތް ކުރާ ގޮތް އަދި ޑިވަލޮޕްކުރަން ބޭނުންވާ ސިސްޓަމްތަކަށް ގެންނަނަން ބޭނުންވާ ބަދަލުތަކުގެ ފްލޯޗާޓް، ޔޫސްކޭސް ފަދަ ޑައިގްރަމްތައް ތައްޔާރު ކުރުން.
- އެޕްލިކޭޝަންސްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޑިވަލޮޕްމަންޓް ޓީމާއި އަދި އެޕްލިކޭޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ކޯޑިނޭޓްކުރުމާއި މީޓިންގްސް އޮގަނައިޒް ކުރުން، އަދި މީޓިންމިނިޓެސް ބެލެހެއްޓުން.
- ހެދިފައިވާ އެޕްލިކޭޝަންތަކަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ޔޫސަރ ގައިޑްތަށް ތައްޔާރުކޮށް ޓްރެއިނިންގ ތައް ހިންގުން.
|
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދުވާލަކު 08 ގަޑިއިރު
|
|
މަސައްކަތްކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
|
ސުންގަޑި:
|
2021 ސެޕްޓެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ 15:30ގެ ކުރިން.
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
|
އިންޓަރވިއު މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ސެޕްޓެމްބަރ 10 އާއި 2021 ސެޕްޓެމްބަރ 30 ދެމެދުގައެވެ.
|
|
ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293
އީމެއިލް: [email protected]
|
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
|